Advertisement
ކ. މާލެ
|
1 އޮކްޓޯބަރ 2023 | އާދީއްތަ 18:45
ރައީސް ސާލިހާއި ކުރީގެ ރައީސް މައުމޫން
ރައީސް ސާލިހާއި ކުރީގެ ރައީސް މައުމޫން
ޓްވިޓަރ
ރިޔާސީ އިންތިޚާބު 2023
ރައީސް ސާލިހަށް، ކުރީގެ ރައީސް މައުމޫންގެ ތައުރީފް
ކުރީގެ ރައީސް މައުމޫން ވަނީ އިންތިޚާބުގައި މުއިއްޒު ހޯއްދެވި ކާމިޔާބީއަށްޓަކައި މަރުހަބާ ވިދާޅުވެފައި
ރައީސް ސާލިހަށް ލިބިވަޑައިގަތީ 109868 ވޯޓު
ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރެއްވީ 129159 ވޯޓާއެކު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ތައުރީފް ކުރައްވައިފިއެވެ.

އާދިއްތަ ދުވަހު ޓްވިޓަރގައި ހިއްސާކުރެއްވި މެސެޖެއްގައި މައުމޫން ވަނީ، ރައީސް ސާލިހު ވަނީ އެމަނިކުފާނުގެ ވަޒީފާ ނުވަތަ މަސްއޫލިއްޔަތު ރަނގަޅަށް އަދާކުރައްވާފައި ކަމަށް ވިދާޅުވެފައެވެ.

Advertisement

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު، މާލެ ސިޓީގެ މޭޔަރު އަދި ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރެއްވީ 129159 ވޯޓުންނެވެ. އަދި ރައީސް ސާލިހަށް ލިބިވަޑައިގަތީ 109868 ވޯޓެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް ކުރި ހޯއްދެވީ މުއިއްޒުއެވެ.

ކުރީގެ ރައީސް މައުމޫން ވަނީ އިންތިޚާބުގައި މުއިއްޒު ހޯއްދެވި ކާމިޔާބީއަށްޓަކައި މަރުހަބާ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް