ކ. މާލެ
|
1 އޮކްޓޯބަރ 2023 | އާދީއްތަ 12:10
ނުރައްކާތެރި ވަލްނަރަބިލިޓީތަކެއް ފެނުން
ނުރައްކާތެރި ވަލްނަރަބިލިޓީތަކެއް ފެނުން
ގެޓީ އިމޭޖަސް
ޓެކްނޮލޮޖީ
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ 250،000ށް ވުރެ ގިނަ އީމެއިލް ސާވާތަކަށް ނުރައްކާވެއްޖެ
ވަލްނަރަބިލިޓީތަކުގެ ސަބަބުން ޔޫޒަރުންގެ މެދުގައި އެއްވެސް މުއާމަލާތެއް ނެތިވެސް މެލިސިއަސް ކޯޑް ފޮނުވައިގެން މައުލޫމާތު ވަގަށް ނެގޭ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރަމުންދާ 250،000 އަށް ވުރެ ގިނަ އީމެއިލް ސާވާތަކަށް ނުރައްކާވެއްޖެ ކަމަށް މަޝްހޫރު ސޮފްޓްވެއާރ ކުންފުންޏަކުން ބުނެފިއެވެ.

ބައިނަލް އަޤުވާމީ ސޮފްޓްވެއަރ ކުންފުންޏެއް ކަމުގައިވާ "ޒީރޯ ޑޭ އިނީޝިއޭޓިވް" އިން ބުނީ ފުޅާދާއިރާއެއްގައި އީމެއިލްގެ އެކިއެކި ޚިދުމަތްތަކަށް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ބޭނުންކުރަމުން އަންނަ މަޝްހޫރު 'އެގްޒިމް މެއިލް ޓްރާންސްފާ އެޖެންޓް' ސޮފްޓްވެއާ ބޭނުންކުރަމުން އަންނަ 250،000 ހާސް ސާވާއަކަށް ނުރައްކާތެރި ވަލްނަރަބިލިޓީތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މި ނުރައްކާތެރި ސީރިއަސް ވަލްނަރަބިލިޓީތަކުގެ ސަބަބުން ޔޫޒަރުންގެ މެދުގައި އެއްވެސް މުއާމަލާތެއް ނެތިވެސް މެލިސިއަސް ކޯޑް ރިމޯޓް އެގްޒެކިއުޓް ކޮށްގެން މައުލޫމާތު ވަގަށް ނެގުންފަދަ ހެކިންގެ އަމަލުތައް ކުރުމުގެ ފުރުސަތު ފަހިކޮށްދެ އެވެ.

"ޒީރޯ ޑޭ އިނީޝިއޭޓިވް" އިން މި މައްސަލަ ރިޕޯޓްކުރީ މިދިޔަ ބުދަ ދުވަހުއެވެ. އޭގެފަހުން އެމައްސަލައަށް ސެކިއުރިޓީ ޕެޗްތަކެއް އާންމުވުމުން ހުކުރު ދުވަހާ ހަމައަށް އެ ކަމުގެ ބިރުވަނީ ކޮންމެވެސް ވަރަކަށް ކުޑަވެފައެވެ. އެހެންނަމަވެސް މި ވަލްނަރަބިލިޓީ ތަކުގެ ތެރޭގައި ހިމެނޭ ޖުމުލަ 6 ބަގްގެ ތެރެއިން 3 ބަގްގެ ނުރައްކާ އަދިވެސް އޮތްކަމަށް އެ އިނީޝިއޭޓިވް އިން ބުނެއެވެ.

އެ އިނީޝިއޭޓިވް ބުނީ އެ ބަގްތަކުގެ ތެރެއިން 3 ބަގަކަށް ޕެޗް އުފައްދާފައި ވިޔަސް ބާކީ އަދި ތިން ބަގެއް ހުރިއިރު، އެ ބަގްތަކުގެ ހާލަތު ނޭނގޭ އިރު، އެ ވަލްނަރަބިލިޓީ ތަކަކީ ރިމޯޓް ކޯޑް އެގްޒެކިއުޝަން (އާރްސީއީ) އަށް ފުރުސަތު ދޭ ނުރްކާތަކެއް ކަމަށެވެ. އޭގެ މާނައަކީ ކޮމްޕިއުޓަރަށް ރިމޯޓްކޮށް ފޮނުވާލެވޭ ޒާތެއްގެ ކޯޑެއްގެ ޒަރީއާއިން އެ ސިސްޓަމެއްގައި ހުރި އީމެއިލް ތަކާއި، އެހެނިހެން މުހިންމު ޒާތީ މައުލޫމާތު ވަގަށް ނެގުމުގެ ފުރުޞަތު ލިބޭކަމެވެ.

އެހެންކަމުން މިކަމަށް ސަމާލުކަން ދިނުމަށް އެފަރާތުން ދަނީ އިލްތިމާސް ކުރަމުންނެވެ.

އެގްޒިމް އަކީ އޯޕަން ސޯސް މެއިލް ޓްރާންސްފާ އޭޖެންޓެއް ކަމަށްވާއިރު، މުޅިދުނިޔޭގެ އެކި ކަންކޮޅުތަކުގައި 253،000 ސާވާ ގައި މި ސޮފްޓްވެއަރ ދަނީ ބޭނުންކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް