Advertisement
ކ. މާލެ
|
30 ސެޕްޓެންބަރ 2023 | ހޮނިހިރު 17:29
ވޯޓު ފޮށި ފަޅާލުން
ވޯޓު ފޮށި ފަޅާލުން
ސޯޝިއަލް މީޑިއާ
ރިޔާސީ ރޭސް 2023
ގދ ވާދޫ: ގަޑިޖެހުނުއިރު ވޯޓު ނުލެވުނީމައި ރުޅިއައިސްގެން، ވޯޓު ފޮށި ފަޅާލައިފި
ފޮށި ބިންމައްޗަށް ވައްޓާލާފައިވާއިރު، ވޯޓު ކަރުދާސްތައްވެސް ހުރީ ބިންމަތީގައި
އީސީގެ އެންގުމުގެ މަތިން ވޯޓު ކަރުދާސްތައް ހުރީ އެ ހުރި ގޮތަށް ބަހައްޓާފައި

ގދ ވާދޫގައި ވޯޓުފޮށި ބަންދުކުރި ފަހުން، މީހަކު ވަދެ ވޯޓު ފޮށި ފަޅާލައިފިއެވެ.

އެކަމާ ގުޅޭ ބައެއް ފޮޓޯތައް މިހާރު ވަނީ ލިބިފައެވެ. އެގޮތުން ލިބިފައިވާ ފޮޓޯތަކަށް ބަލާއިރު، ފޮށިވެސް ވަނީ ފަޅާލާފައެވެ.

އަދި ފޮށި ބިންމައްޗަށް ވައްޓާލާފައިވާއިރު، ވޯޓު ކަރުދާސްތައްވެސް ހުރީ ބިންމަތީގައެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ނުހަނު އަމާންކަމާއެކު ވޯޓުލުން ނިމި، ވޯޓު ފޮށިވެސް ބަންދުކޮށްފައިވަނިކޮށް، މީހަކު އެތަނަށްވަދެ، އޭނާގެ އައިޑީކާޑު އޮތީ އެހެން މީހެއްގެ އަތުގައިކަމަށް ބުނެ، އަދި އެމީހާ މިހާރު އޮތީ ނިދާފައިކަމަށް ބުނެ، އެކަމާ ރުޅި އައިސްގެން ވަނީ ވޯޓު ފޮށި ނަގައި ބިންމައްޗަށް ވައްޓާލާފައެވެ.

އެމީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، އީސީގެ އެންގުމުގެ މަތިން ވޯޓު ކަރުދާސްތައް އެ ހުރި ގޮތަށް ބަހައްޓާފައި ހުރިކަމަށް މައުލޫމާތު ލިބެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް