ކ. މާލެ
|
30 ސެޕްޓެންބަރ 2023 | ހޮނިހިރު 11:14
އިންތިޚާބީ މަރުކަޒުތަކުގައި ފުލުހުން ހަރަކާތްތެރިވަނީ
އިންތިޚާބީ މަރުކަޒުތަކުގައި ފުލުހުން ހަރަކާތްތެރިވަނީ
-
ރިޔާސީ އިންތިޚާބު
އިންތިޚާބާ ގުޅުންހުރި ކަންކަމާ ގުޅިގެން މިހާތަނަށް 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
ވޯޓު ކަރުދާހުގެ ފޮޓޯ ނެގުމާއި ވޯޓު ކަރުދާސް ދެއްކުމަކީ މަނާކަމެއް

އިންތިޚާބާ ގުޅުންހުރި ކަންކަމާ ގުޅިގެން މިހާތަނަށް 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އިންތިޚާބާ ގުޅުންހުރި ކަންކަމާ ގުޅިގެން ޖުމްލަ 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވީނަމަވެސް، އޭގެ ތެރެއިން އެކަކު މިހާރު ދޫކޮށްލާފައި ވާކަމަށެވެ.

މީގެ އިތުރުން، ފުވައްމުލަކުގައި ވޯޓު ކަރުދާސް ފޮޓޯ ނެގިކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، މައުލޫމާތު ސާފުކުރުމަށްފަހު އެމީހާ ވަނީ ދޫކޮށްލާފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު މި ބުރުގައި 282،803 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް