ކ. މާލެ
|
29 ސެޕްޓެންބަރ 2023 | ހުކުރު 21:12
އެމީހާ ބަނޑުން ނަގާފައިވާ ތަކެތި
އެމީހާ ބަނޑުން ނަގާފައިވާ ތަކެތި
ވަޔަން
މީހެއްގެ ބަނޑުން އެއްޗެތި ނެގުން
މީހެއްގެ ބަނޑުން ނަޓް، ބޯލްޓް، އިސްކުރު، އިޔަރފޯން، ލޮކެޓް ފަދަ ގިނަ އަދެއްގެ ތަކެތި ނަގައިފި
އޮޕަރޭޝަން އަށް ފަހު އޭނާގެ ހާލު އަދިވެސް ސީރިއަސް

އިންޑިޔާގެ ޕަންޖާބް ސްޓޭޓް ގައި، 40 އަހަރުގެ ފިރިހެނެއްގެ ބަނޑުން، ބަޑުގަ ހުންނަން ނުޖެހޭ ފަދަ ގިނަ އަދަދެއްގެ ތަކެތި ނަގައިފިއެވެ. ތިންގަޑިއިރުގެ އޮޕަރޭޝަނަކަށް ފަހު އޭނާގެ ބަނޑުން ނެގި ތަކެތީގެ ތެރޭގައި އިޔަރފޯން، ނަޓް، ބޯލްޓް، ކަރުގައަޅާފަށް، ފަށުފޫ، ނަރުދަތި، ބޮލި، އިސްކުރު ފަދަ ކުދި ކުދި ގިނަ އަދަދެއްގެ ތަކެތި ހިމެނެއެވެ.                                    

ކުލްދީޕް ސިންގ ނަމަކަށް ކިޔާ މި މީހާ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވަނީ އަންގާރަ ދުވަހު ހުންއައިސް ބަނޑުގައި ރިއްސާ އަދި ހޮޑުލަވާތީ އެވެ. އޭނާގެ ބަނޑަށް ތަދުވަނީ ކީއްވެގެންތޯ ބެލުމަށް ޑޮކްޓަރުން އެކްސްރޭ ނެގުމުން އޭނާގެ ބަނޑުގައި ހުރި ތަކެތި ފެނި ޑޮކްޓަރުން ހައިރާން ވިއެވެ. ކުލްދީޕް ސިންގ ގެ ބަނޑުގައި ގިނައިން ހުރީ މެޓަލް ނުވަތަ އެކި މައުދަނުން ހަދާފައިވާ ތަކެއްޗެވެ. ދިގު އޮޕަރޭޝަން އަކަށް ފަހު އޭނަގެ ބަނޑުގައި ހުރި ތަކެތި ވަނީ ކާމިޔާބު ކަމާއެކީ ނަގާއެވެ. ނަމަވެސް އަދިވެސް އޭނާގެ ހާލު ސީރިއަސްކަމަށް ވެއެވެ.

ޑަކްޓަރުން މައުލޫމާތު ދީފައިވާ ގޮތުގައި އޭނަޔަށް އެހެން ދިމާވެފައިވަނީ "ޕީކާ ޑިސްއޯޑަރ" ކިޔާބައްޔެއްގެ ސަބަބުންނެވެ. މި ބަލި ޖެހުމުން އެމީހަކު، ކާއެއްޗެތި ނޫން ތަކެތި ކައެވެ. އޭނަ ދިރުވާލާފައިވާ ބައެއްތަކެއްޗަކީ ތޫނު ތަކެތި ކަމުން އޭނަގެ ބަޑުގައިވަނީ ސީރިއަސް ފާރު ގަނޑު ގަނޑު ހެދިފައި ކަމަށް ޑަކްޓަރުން ބުނެފައި ވެއެވެ. އެހެން ކަމުން އަދިވެސް އޭނާއޮތީ ވެންޓިލޭޓަރުގައެވެ.

ކުލްދީޕް ސިންގ ގެ އާއިލާ އިން ބުނެފައިވާ ގޮތުގައި އޭނަ ބަނޑުގައި ރިއްސާތީ އުޅޭތާ ދެއަހަރެއްހާ ދުވަސް ވެއްޖެ އެވެ. އަދި އޭނާއަށް ނިދަންވެސް އުނދަގުލެވެ.

އާއިލާއިން ބުނެފައިވާ ގޮތުގައި ކުލްދީޕް ސިންގ އަކީ ނަފްސާނީ މައްސަލަ ތަކެއްވެސް ހުންނަމީހެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް