Advertisement
ކ. މާލެ
|
29 ސެޕްޓެންބަރ 2023 | ހުކުރު 16:07
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު
ރާއްޖެއެމްވީ
ރައީސްގެ ފަހު މެސެޖް
ރައީސްގެ ފަހު މެސެޖް: ރާއްޖެއަށް ގެނައި އިސްލާހީ ހެޔޮ ބަދަލާއި ހަމަޖެހުމާއެކު ކުރިއަށް ދިޔުމަށް އަޅުގަނޑަށް ވޯޓްދެއްވާ!
ރާއްޖޭގައި އޮތް ބިރުވެރިކަމާއި ނާމާންކަން މުޅިން ނައްތާލެވިއްޖެ
2018 ވަނަ އަހަރު ރައްޔިތުން ނިންމި ނިންމުމާއި އެއްގޮތަށް ރާއްޖެއަށް ހެޔޮ ބަދަލުތަކެއް ގެނެވިއްޖެ
އެންމެ މުހިންމުކަމަކީ ރާއްޖޭގައި ހަމަޖެހުން ޤާއިމުކުރުން

ރާއްޖެއަށް ގެނައި އިސްލާހީ ހެޔޮ ބަދަލާއި ހަމަޖެހުމާއެކު ކުރިއަށް ދިޔުމަށް ރައްޔިތުން އެމަނިކުފާނަށް ވޯޓް ދެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ.

ރައީސް މިފަދައިން ވިދާޅުވީ ހުކުރު ދުވަހު ކެމްޕޭން ނިންމެވުމަށްޓަކައި ދެއްވި އެންމެ ފަހުގެ ވީޑިއޯ މެސެޖްގައެވެ.

ރައީސް ވިދާޅުވީ 2018 ވަނަ އަހަރު ރައްޔިތުން ނިންމި ނިންމުމާއި އެއްގޮތަށް ރާއްޖެއަށް ހެޔޮ ބަދަލުތަކެއް ގެނެވިއްޖެ ކަމަށާއި ރާއްޖޭގައި އޮތް ބިރުވެރިކަމާއި ނާމާންކަން މުޅިން ނައްތާލެވިއްޖެ ކަމަށެވެ.

ތަރައްޤީގެ ގިނަ މަޝްރޫއުތައް ހިންގިއްޖެ ކަމަށާއި ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި އަސާސީ ޙިދުމަތްތައް ފޯރުކޮށްދިނުމުގައި ކާމިޔާބީތައް ހާސިލުކުރެވިއްޖެކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ހަމަޖެހުން ރާއްޖެއަށް ގެނެސްދެވިއްޖެ ކަމަށާއި އެކަން ކުރެވުނީ ވަރަށް ގިނަ ބަޔެއްގެ އެހީތެރިކަމާއެކު ކަމަށެވެ.

Advertisement

ކޮވިޑުގެ ހާލަތުން އަރައިގަތުމަށް ވެސް ގިނަ ބަޔެއްގެ ބުރަ މަސައްކަތް ހިމެނޭ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ މުސްތަޤްބަލާމެދު ގޮތެއް ނިންމަން މިއަދު ޖެހިފައިވާ ކަމަށާއި ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ވަކި ދާއިރާއެއް ބާކީ ކުރުމެއް ނެތި ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ،

މަސްވެރިކަމާއި ދަނޑުވެރިކަމާއި ފަތުރުވެރިކަމާއި ޓީޗަރުންނާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން އެހެން ސެކްޓަރުތަކުގައި މަސައްކަތް ކުރާ މީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެންމެ މުހިންމުކަމަކީ ރާއްޖޭގައި ހަމަޖެހުން ޤާއިމުކުރުން ކަމަށާއި މިއަދު ރައްޔިތުން ނިންމަން ޖެހިފައި އޮތީ ރާއްޖެ ހަމަނުޖެހުމާއި ބިރުވެރިކަމުގެ ތެރެއަށްދާނީ ތޯ ނުވަތަ ނޫންތޯ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް