Advertisement
ކ. މާލެ
|
28 ސެޕްޓެންބަރ 2023 | ބުރާސްފަތި 19:52
ރައީސް އިބޫއާއެކު ހަވީރު ސައި ހަރަކާތުގެ ތެރެއިން
ރައީސް އިބޫއާއެކު ހަވީރު ސައި ހަރަކާތުގެ ތެރެއިން
އެމްޑީޕީ
ރައީސް އިބޫއާއެކު ހަވީރު ސައި
ހުޅުމާލޭގައި ރައީސް އިބޫއާއެކު ހަވީރު ސައި ހަރަކާތް ބާއްވައިފި
މި ހަރަކާތުގައި އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ވާހަކަދެއްކެވި

ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ރައީސް އިބޫއާއެކު ހަވީރު ސައި ހަރަކާތް ބާއްވައިފިއެވެ.

މި ހަރަކާތް ބުރާސްފަތި ދުވަހުގެ ހަވީރު ބާއްވާފައިވާއިރު, ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. މި ހަރަކާތުގައި އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ވާހަކަ ދައްކަވާފައިވެއެވެ.

މީގެއިތުރުން ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުގައި، މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވީ މިވީ ދުވަސްކޮޅުގެ ތެރޭގައި ރައްޔިތުން އަނިޔާވެރިކަމަށް ދާން ބޭނުންނުވާކަން ހާމަވެއްޖެ ކަމަށެވެ. އަދި އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީ ކުރިހޯދާނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

Advertisement

ހަވީރު ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ބޭއްވި ކެމްޕެއިން އިވެންޓުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި މި ފަހުން ކޯލިޝަނުން ވަކިވި އެމްޑީއޭގެ ބައެއް ބޭފުޅުންވެސް ހިމެނެއެވެ.

ހުޅުމާލޭގައި ރައީސް އިބޫއާއެކު ހަވީރު ސައި ހަރަކާތް ބާއްވާފައިވާއިރު، ރައީސް ވަނީ ބުދަ ދުވަހު އައްޑޫސިޓީ، ފުވައްމުލައް ސިޓީ އަދި ތިނަދޫ ސިޓީގައިވެސް ކެމްޕޭން ހަރަކާތްތައް ބާއްވަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް