ކ. މާލެ
|
27 ސެޕްޓެންބަރ 2023 | ބުދަ 11:47
ެރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ރަނިންގ މޭޓް މުހައްމަދު އަސްލަމް
ެރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ރަނިންގ މޭޓް މުހައްމަދު އަސްލަމް
އެމްޑީޕީ
ރިޔާސީ އިންތިޚާބު 2023
މި ސަރުކާރުން ގެންގުޅެނީ ވަށާޖެހޭ ތަރައްޤީގެ ނިޒާމެއް: އަސްލަމް
ހެނދުނުގެ ވަގުތުގައި ނުކުމެ އަވަަހަށް ވޯޓު ލެއްވުމަށް އިލްތިމާސް ކުރެއްވި
އެމްޑީޕީއާއި ގުޅިފައިވާ ކޯލިޝަންގެ ބޭނުމަކީ ރާއްޖެ އެތައް ޒަމާނަކަށް ކުރިއަށް ގެންގޮސްދިނުން

މި ސަރުކާރުން ގެންގުޅެނީ ވަށާޖެހޭ ތަރައްޤީގެ ނިޒާމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙުގެ ރަނިންގމޭޓު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އައްޑޫސިޓީ ހިތަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ، އެމްޑީޕީއާއި ގުޅިފައިވާ ކޯލިޝަންގެ ބޭނުމަކީ ރާއްޖެ އެތައް ޒަމާނަކަށް ކުރިއަށް ގެންގޮސްދިނުން ކަމަށެވެ. ހަމައެކަނި އައްޑޫސިޓީއަށް ބަލާލިނަމަވެސް އެ ބަދަލުތައް މި ސަރުކާރުން ގެނެސްދީފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ.

މިހާތަނަށްވެސް އައްޑޫސިޓީއަަށް ތަރައްޤީއެއް ގެނެސްދީފައިވަނީ އެމްޑީޕީގެ ވެރިކަންތަކުގައިކަން ފާހަގަ ކުރައްވައި އަސްލަމް ވިދާޅުވީ، މި ސަރުކާރުން ގެންގުޅެނީ ވަށާޖެހޭ ތަރައްޤީގެ ނިޒާމެއް ކަމަށެވެ.

އަސްލަމް ވަނީ އިންޑިއާގެ ޑޯނިއާ އެއާކްރާފްޓުގެ ވާހަކައާއި، ކަނޑުވިއްކާލިކަމަށް ބުނެ މި ސަރުކާރަށް އަމާޒުކުރަމުންދާ ފާޑުކިޔުންތަކަށްވެސް ރައްދު ދެއްވާފައެވެ.

އަސްލަމް އިތުރަށް ވިދާޅުވީ، ކިތަންމެ ވަރަކަށްވެސް ދޮގާއި ފިތުނަ އުފެއްދިދާނެ ކަމަށާއި، ނަމަވެސް ރައްޔިތުންނަށްވެސް ހަގީގަތް ސާފުވާނެކަމަށެވެ.

އަސްލަމް ވަނީ ހެނދުނުގެ ވަގުތުގައި ނުކުމެ އަވަަހަށް ވޯޓުލުމަށް އިލްތިމާސް ކުރައްވާފައެވެ.

އަސްލަމް އިތުރަށް ވިދާޅުވީ، މުއިއްޒަކީ އެއްވެސް އިރެއްގައި އައްޑޫއަށް އަލިކަމެއް ގެނެސްދެއްވި ބޭފުޅެއް ނޫންކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް