Advertisement
ކ. މާލެ
|
26 ސެޕްޓެންބަރ 2023 | އަންގާރަ 13:28
ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަކޮށް 300 ފްލެޓު ދެއްވުމަށް ރައީސް ވަނީ ނިންމަވާފައި
ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަކޮށް 300 ފްލެޓު ދެއްވުމަށް ރައީސް ވަނީ ނިންމަވާފައި
އަރބަންކޯ
ޓޫރިޒަމް ދާއިރާ ފްލެޓު
ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ފްލެޓަށް ކުރިމަތިލެވޭ ގޮތަށް ގެދޮރުވެރިޔާ އުސޫލު ބަދަލުކޮށްފި
މިއީ ދާދި ފަހުން ރައީސް ސާލިހު އިއުލާނު ކުރެއްވި 6000 ފްލެޓުގެ ތެރެއިން ދޫކުރާ ފްލެޓުތަކެއް
ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަކޮށް 300 ފްލެޓު ދެއްވުމަށް ރައީސް ވަނީ ނިންމަވާފައި

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން، ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަކޮށް 300 ފްލެޓު ދިނުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން "ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ފުލެޓު ދޫކުރުމުގެ އުސޫލަށް އިސްލާޙު ގެނެސްފިއެވެ.

ޕްލޭނިންގ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، އެ މިނިސްޓްރީން ކުރިޔަށްގެންދާ ގެދޮރުވެރިން ސްކީމްގެ ދެވަނަ ފިޔަވީގެ ދަށުން 300 ފްލެޓް ޓޫރިޒަމްގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން ގެދޮރުވެރިޔާ ނަންބަރ 32-G-2023 އުޞޫލުގެ 3 ވަނަ މާއްދާގެ (ނ) ވަނީ އިސްލާޙުކޮށްފައެވެ.

އެގޮތުން ބަލާއިރު، ފުލެޓަށް އެދި ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި ވަނީ އެ ދާއިރާވެސް ހިމަނާފައެވެ.

އެ މާއްދާގައި ބުނަނީ މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރު ވެފައިވާ ފަރާތެއް ކަމުގައިވުން (ހަމައެކަނި މައި-އެޕްލިކަންޓް)، ނުވަތަ މާލޭގައި މެދުނުކެނޑި ދިރިއުޅެމުންގެންދާތާ 15 އަހަރުވެފައިވާ ފަރާތެއް ކަމުގައިވުން، (ހަމައެކަނިމައި-އެޕްލިކަންޓް) ނުވަތަ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރަމުންގެންދާތާ 15 އަހަރުވެފައިވާ ފަރާތެއް ކަމުގައިވުން". (ހަމައެކަނި މައި-އެޕްލިކަންޓް) މާލެ ސަރަޙައްދުން ފްލެޓަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

Advertisement

މާލެ ސަރަޙައްދުން ފްލެޓު ދޫކުރުމުގެ އިތުރު ޝަރުތުތަކުގެ ތެރޭގައި މާލޭގެ ރައްޔިތެއް ކަމުގައި ވުމާއި، އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައި ވުން ހިމެނެއެވެ.

އަދި އެޕްލިކަންޓާއި ކޯ އެޕްލިކަންޓަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކަށް ޚާއްސަކޮށް 300 ފްލެޓު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވަނީ ނިންމަވާފައެވެ.

މިއީ ދާދި ފަހުން ރައީސް ސާލިހު އިއުލާނުކުރެއްވި 6000 ފްލެޓުގެ ތެރެއިން ޓޫރިޒަމް އިންޑަސްޓްރީއަށް ޚާއްސަކޮށްގެން ދޭ ފްލެޓުތަކެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް