ކ. މާލެ
|
25 ސެޕްޓެންބަރ 2023 | ހޯމަ 13:03
ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމް
ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމް
މިހާރު
ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒަށް އިންޒާރުދިނުން
ޕީޕީއެމްގެ ވެރިކަމާއި ދެކޮޅަށް ވާހަކަދައްކާތީ އެ ޕާޓީއަށް ތާއީދުކުރާ މީހަކު މަގުމަތިން ފުރައްސާރަކޮށް، އިންޒާރުދީފައިވޭ: ނިޔާޒު
މިއީ ސިރިއަސް މައްސަލައެއް ކަމަށާއި، މި މައްސަލަ ފުލުހުންނަށް ހުށަހަޅާނެ
އެމްއެމްއެޕީއާރްސީ ނުވަތަ އެހެން ގޮތަކުން ހިޔާނާތުގެ ފައިސާއެއްގައި އެއްވެސް އިރެއްގައި ޖެހިފައި ނޯންނާނެ
ޕީޕީއެމްގެ ވެރިކަމެއް އަތުވެއްޖެނަމަ އެބިރުވެރިކަމާއި ނާމާންކަން މުޅި ގައުމުގައި އޮންނާނެ

ޕީޕީއެމްގެ ވެރިކަމާއި ދެކޮޅަށް ވާހަކަދައްކާތީ އެ ޕާޓީއަށް ތާއީދުކުރާ މީހަކު މަގުމަތިން ފުރައްސާރަކޮށް، އިންޒާރުދީފައިވާ ކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ނިޔާޒުއާއި ދިމާކޮށް، ފުރައްސާރަ ކޮށްފައިވަނީ ސައިކަލުގައި ދަނިކޮށް ބޮޑުތަކުރުފާނު މަގުން އެމްޓީސީސީ ހެޑް އޮފީސް ކުރިމަތިންނެވެ. އެ ސަރަހައްދުގެ ޕާކިން ޒޯނަށް ސައިކަލު ޕާކަށް ޖަހާފައި އިސްލާމިކް ބޭންކް ބްރާންޗަށް ހިނގާފައި ދިޔައިރު ވެސް އެމީހާ ނިޔާޒު ފަހަތުން ހިނގާފައިދެއެވެ. އެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު، ނިޔާޒަށް އަމާޒުކޮށް ތަފާތު އެކި ތުހުމަތުތައް އަޅުވާފައިވެއެވެ. އަދި ކޮންތާކުން ހޯދި ފައިސާތޯއާއި ވިޔަފާރި ކުރަމުންދަނީ ކިހިނެތްތޯ ސުވާލުކޮށްފައިވެއެވެ.

ނިޔާޒު ވަނީ އޭނާއަށް ފުރައްސާރަކުރި ކަމުގެ ތުހުމަތުކުރާ މީހާގެ ފޮޓޯ ވެސް ސޯޝަލް މީޑިއާގައި އާއްމުކުރައްވާފައެވެ.

މިމައްސަލައާ ގުޅިގެން ނިޔާޒު ވިދާޅުވީ ބޮޑެތި ވިޔަފާރި ނުކުރައްވާ ކަމަށާއި، އާއިލާ މީހުން ކުރާ ވިޔަފާރިއާއި ގުޅުމެއް ނޯންނާނެ ކަމަށެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގައި ޖެހިފައިވާ ކަމަށް ތުހުމަތުކޮށްފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ނިޔާޒު ވިދާޅުވީ އެމްއެމްއެޕީއާރްސީ ނުވަތަ އެހެން ގޮތަކުން ހިޔާނާތުގެ ފައިސާއެއްގައި އެއްވެސް އިރެއްގައި ޖެހިފައި ނޯންނާނެ ކަމަށާއި، އެތުހުމަތުކުރާ މީހުންނަށް އެކަންކަން ސާބިތުކޮށްދެވިއްޖެނަމަ ހެޔޮ ހިތުން ޖަލަށް ވަޑައިގަންނަވާނެ ކަމަށެވެ.

ނިޔާޒު ވިދާޅުވީ ސިޔާސީ ގޮތުން ފާޅުކުރާ ޚިޔާލަކުން މިހައި ދަށު ދަރަޖަށް ވެއްޓުމުން އެމީހުންގެ ފެންވަރު އެނގޭ ކަމަށެވެ. އަދި ޕީޕީއެމްގެ ވެރިކަމެއް އަތުވެއްޖެނަމަ އެބިރުވެރިކަމާއި ނާމާންކަން މުޅި ގައުމުގައި އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު ވެސް ޕީޕީއެމްގެ އަސްލު ސިފަ ފެންނަމުންދާ ކަމަށެވެ. ވެރިކަން ލިބިއްޖެނަމަ ކަންތައްތައް ހުންނާނެ ގޮތް އަންދާޒާ ކޮށްލުމަށް ނިޔާޒު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ނިޔާޒު ވިދާޅުވީ މިއީ ސިރިއަސް މައްސަލައެއް ކަމަށާއި، މިމައްސަލަ ފުލުހުންނަށް ހުށަހަޅުއްވާނެ ކަމަށެވެ.

ނިޔާޒު ދަނީ ޕީޕީއެމްގެ ސަރުކާރުގައި ހިންގާފައިވާ ހިޔާނަތްތަކާއި، ނުހައްގުން ކޮށްފައިވާ ގިނަ ކަންކަން މީޑިއާގައި ހިއްސާކުރަމުންނެވެ. އެގޮތުން އެމްއެމްޕީއާރްސީ ހިޔާނަތް ހިންގި ގޮތް ވަރަށް ތަފްސީލީ ގޮތެއްގައި ހިއްސާކޮށްދެއްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 32 މިނެޓު ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް