ކ. މާލެ
|
25 ސެޕްޓެންބަރ 2023 | ހޯމަ 09:45
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
މަޖިލިސް
މަޖިލީހުގެ ޖަލްސާ
ކޯރަމް ހަމަނުވުމުން މަޖިލީހުގެ ޖަލްސާ ނުބޭއްވުނު
ކޮމިޓީތައް އެކުލަވާލާލުމަށް އަދި އެމްޑީޕީން ނަންތައް ނުފޮނުވާ ކަމަށް ނަޝީދު ވިދާޅުވި
މެންބަރުން ކުރައްވާ ކެމްޕެއިންގެ މަސައްކަތަކީ މަޖިލީހުގެ މަސައްކަތް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި

ކޯރަމް ހަމަނުވުމުން ހޯމަ ދުވަހުގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ނުގެންދެވި ނިންމާލައިފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޯރަމް ހަމަކުރަން އޭރު މަޖިލީހުގެ ތަޅުމުގައި ތިއްބެވި މެންބަރުންގެ އިތުރަށް 2 މެންބަރުން ބޭނުންވާ ކަމަށެވެ. މި ދުވަސްކޮޅަކީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ދުވަސްކޮޅަށް ވުމާއެކު މެންބަރުން ކެމްޕެއިންގައި އުޅުއްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެ މެންބަރުން ކުރައްވާ ކެމްޕެއިންގެ މަސައްކަތަކީ މަޖިލީހުގެ މަސައްކަތް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް މަޖިލީހަށް ހާޒިރުވެވަޑައިގެންނެވުމަށް ފަހު، މަޖިލީހުގެ ތަޅުމަށް ވަދެވަޑައިނުގަންނަވާ މެންބަރުން ތިއްބަވާކަން ފާހަގަކުރައްވާ އެކަމާމެދު ނަޝީދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ނަޝީދު ވަނީ އަންގާރަ ދުވަހުގެ ޖަލްސާ ބާއްވާނީ އެމްޑީޕީއާ މަޝްވަރާކުރެއްވުމަށް ފަހު އެމްޑީޕީ މެންބަރުން ވަޑައިގަންނަވާނަމަ ކަމަށް ވިދާޅުވެފައެވެ. އަދި ކުޑަ ވަގުތުކޮޅަކު ކޯރަމް ހަމަވޭތޯ ބެއްލެވުމަށް ފަހު ޖަލްސާ ނިންމަވާލެއްވިއެވެ. މަޖިލީހުގެ ކޮމިޓީތައް އެކުލަވާލާލުމަށް ވެސް އަދި އެމްޑީޕީން ނަންތައް ނުފޮނުވާ ކަމަށް ނަޝީދު ވަނީ ހޯމަ ދުވަހުގެ ޖަލްސާގައި ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 50 މިނެޓު ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް