Advertisement
ކ. މާލެ
|
24 ސެޕްޓެންބަރ 2023 | އާދީއްތަ 11:15
ރައީސް ސާލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ބައްދަލުކުރެއްވުން
ރައީސް ސާލިހާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ބައްދަލުކުރެއްވުން
ރައީސް އޮފީސް
ރައީސް ސާލިހާއި ނަޝީދު ބައްދަލުކުރެއްވުން
ދެވަނަ ބުރުގައި ރައީސް ސާލިހަށް ތާއީދުކުރެއްވުމާއި ގުޅޭގޮތުން ނަޝީދާއެކު މަޝްވަރާ ކުރައްވައިފި
ނިޒާމީ ވޯޓުގެ ޤަރާރާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި
ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުން ދެ ބޭފުޅުން ވާހަކަފުޅު ދެއްކެވި
ދެ ބޭފުޅުން މި ބައްދަލުކުރެއްވީ ވަރަށް ގިނަ ދުވަސްތަކަކަށްފަހު

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރެއްވުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް ސާލިހު މަޝްވަރާ ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ އާދިއްތަ ދުވަހުގެ ހެނދުނު ރައީސް އޮފީހުގައެވެ. ރައީސް ސާލިހު ވިދާޅުވީ ދެވަނަ ބުރުގައި ތާއީދު ހޯދުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާއިރު އެކަމުގެ ތަފްސީލު ފަހުން ހާމަކުރައްވާނެ ކަމަށެވެ.

އިންތިޚާބުގެ ދެވަނަ ބުރާ ގުޅޭގޮތުން ގޮތުން ވެސް ވާހަކަ ދެކެވުނުއިރު އިންތިކާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން "ނިއުޓްރަލް ސްޓޭންޑް" ގައި ތިއްބަވާނެ ވާހަކަ ރައީސް ނަޝީދު ދެންނެވިކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ނިޒާމީ ވޯޓުގެ ޤަރާރާ ގުޅޭގޮތުން ކުރިއަށްދާނެ ގޮތާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ވެސް ރައީސް ސާލިހު ވިދާޅުވިއެވެ. އެގޮތުން އިންތިޚާބަށްފަހު ނިޒާމީ ވޯޓުގެ ކަންތަކުގައި އިލެކްޝަންސް ކޮމިޝަންގައި އެދުމާއި ގުޅޭގޮތުން ދެބޭފުޅުން ވާހަކަ ދެއްކެވިކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ނަޝީދަކީ އެމަނިކުފާނުގެ ގާތް ރަހުމަތްތެރިއެއް ނަމަވެސް، ސިޔާސީ ގޮތުން ދެ ބޭފުޅުންގެ ހިޔާލު ތަފާތުވުންތައް ބޮޑުވެ، ނަޝީދު ވަނީ އެމްޑީޕީން ވެސް ވަކިވެވަޑައިގެންފައެވެ. އަދި ދަ ޑިމޮކްރެޓްސް ޕާޓީއާ ނަޝީދު ގުޅިވަޑައިގެންނެވިއެވެ. އެ ޕާޓީން ވަނީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރުމަށް ނިންމާފައެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ފަސް ދުވަހަށް ވެފައިވާއިރު، މިއީ ނަޝީދާއި ރައީސް ސާލިޙު ފަހުގެ ތާރީޚެއްގައި ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. ޚާއްސަކޮށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ނަޝީދު އެމްޑީޕީ ދޫކުރައްވާ ޑިމޮކްރެޓްސް ޕާޓީ އުފެއްދެވުމަށްފަހު ގެންދަވަނީ އެމްޑީޕީ އާއި ރައީސަށް ތަކުރާރުކޮށް ފާޑުވިދާޅުވަމުންނެވެ.

Advertisement

Advertisement
- ކޮމެންޓް