ކ. މާލެ
|
24 ސެޕްޓެންބަރ 2023 | އާދީއްތަ 05:33
ހޮނިހިރު ދުވަހުގެ ރޭގެ އުފާވެރި އަމާން ރާއްޖެ ޖަލްސާގެ ތެރެއިން
ހޮނިހިރު ދުވަހުގެ ރޭގެ އުފާވެރި އަމާން ރާއްޖެ ޖަލްސާގެ ތެރެއިން
އުފާވެރި އަމާން ރާއްޖެ
އަމާން ރާއްޖެ އަކަށް ދިއުމަށް ފޫގަޅައިގެން ތިބީ ހަގީގަތްތަކަކާއި އެކުގައި - އަމީން
ކުރީގެ އަނިޔާވެރިކަމުގެ އެންމެ ސޮފްހާ އެއްވެސް އިއާދަވާން ބޭނުން ނުވާ ކަމަށް އަމީން ވިދާޅުވި
ބިރުވެރިކަމާއި ނާމާން ކަމަށް އަލުން ދާން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި
އަމީން ވިދާޅުވީ އެ ބޭފުޅުން ރައީސް ޞާލިހަށް ތާއީދުކުރުމާއި އެކު އެމްޑީޕީގެ ތިލަފަތް ހަމަހަމަވެފައިވާ ކަަމަށް

އަމާން ރާއްޖެ އަކަށް ދިއުމަށް ފޫގަޅައިގެން ތިބީ ހަގީގަތްތަކަކާއި އެކުގައި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމްގެ ރަނިންމޭޓު ޑރ. އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސޯސަން ޖަގަހަ ޖަލްސާގައި ވާހަކަދައްވަމަނުން އަމީން ވިދާޅުވީ ކުރީގެ އަނިޔާވެރިކަމުގެ އެންމެ ސޮފްހާ އެއްވެސް އިއާދަވާން ބޭނުން ނުވާ ކަމަށެވެ. އެ ބިރުވެރިކަމާއި ނާމާން ކަމަށް އަލުން ދާން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދުކުރެއްވީ އިންތިޚާބުގެ ފުރަތަމަ ބުރަށް ފަހު އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ވެސް ވިސްނުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ކުރެއްވީ ހާލަތުގެ އަޅަކަށް ނުވުމަށް ކަމަށް ވެސް އަމީން ވަނީ ވިދާޅުވެފައެވެ.

Advertisement

އަމީން ވިދާޅުވީ އެ ބޭފުޅުން ރައީސް ޞާލިހަށް ތާއީދުކުރުމާއި އެކު އެމްޑީޕީގެ ތިލަފަތް ހަމަހަމަވެފައިވާ ކަަމަށެވެ. އަދި ބޮޑު ފަޅީގެ ބިޔަކަމާއި ބޮޑުކަން ފެންނާނީ އެމްޑީޕީ އެމްޑީޕީގެ ގޮތުގައި ފޯރި ދައްކައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އަށް ވެރިކަން ހޯއްދަވާދެއްވުމަށް އެންމެ ގަދަޔަށް މަސައްކަތް ކުރާ އެކަކަށް އޭނާ ދެން ވެވަޑައިގަންނަވާނެ ކަމަށް އަމީން ވިދާޅުވިއެވެ. ޖޭޕީގައި އެމަނިކުފާނާއި އެކުގައި މަސައްކަތް ކުރި ގިނަ ބަޔަކު ހޮނިހިރު ދުވަހުގެރޭ އޭނާ އާއި އެކު މި އިންތިޚާބުގައި ރައީސް ޞާލިހު ހޮވަން މަސައްކަތް ކުރަން ވަޑައިގަތް ކަމަށް ވެސް އަމީން ވަނީ ވިދާޅުވެފައެވެ.

ޖޭޕީގެ ސައިޒު ޖޭޕީ އަށް ލިބުނު ވޯޓުން އެކަނި ނުޖެއްސެވުމަށް އޭނާ އެދިލެއްވިއެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކަން ހިނގައިދިޔަ ގޮތް އެނގޭ ކަމަށް ވެެސް އޭނާ ވިދާޅުވިއެވެ. އޭނާ އަކީ އެމްޑީޕީގެ ޕޯޑިއަމް އަށް ވެސް އާ މީހެއް ނޫން ކަމަށާއި 2016 ވަނަ އަހަރު ވެސް އޭރު ނުރަނގަޅުކޮށް ހިނގި ކަންކަމާއި ދެކޮޅަށް އަޑު އުފުލަން ނުކުމެވަޑައިގަތް ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް