ކ. މާލެ
|
23 ސެޕްޓެންބަރ 2023 | ހޮނިހިރު 23:07
ހޮނިހިރު ދުވަހުގެ ރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ
ހޮނިހިރު ދުވަހުގެ ރޭގެ ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ
ޖޭޕީގެ އިސް ބައެއް ބޭފުޅުން އެމްޑީޕީއަށް
ޖޭޕީގެ އިސް ބޭފުޅުންގެ ތާއީދާއި އެކު ލިބުނީ ހިތްވަރެއް - ރައީސް
ޖޭޕީއަކީ މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއް
ޖޭޕީން ވަނީ ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމާފައި
ޖޭޕީގެ ގިނަ މީހުން ތާއީދުކުރަމުން ދަނީ ރައީސް ސާލިހަށް

ޖޭޕީގެ އިސް ބޭފުޅުންގެ ތާއީދާއި އެކު ލިބިވަޑައިގަތީ ހިތްވަރު ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެފަދައިން ވިދާޅުވީ ސޯސަން ޖަގަހާގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އެ ޖަލްސާގައި ޖޭޕީގެ ބައެއް އިސް ބޭފުޅުން ވަނީ ރައީސް އަށް ތާއީދުކުރައްވާފައެވެ. އޭގެތެރޭގައި، ޖޭޕީގެ ލީޑަރު، ގާސިމް އިބްރާހީމްގެ ރަނިން މޭޓެއްގެ ގޮތުގައި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރެއްވި އަމީން އިބްރާހީމްވެސް ހިމެނިވަޑައިގަންނަވައެވެ.

ރައީސް ވަނީ އެ ބޭފުޅުންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އެ ބޭބޭފުޅުންނަކީ 2014، 2015، 2016 ވަނަ އަހަރު އޭރުގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ އަނިޔާވެރިކަން ނިންމުމަށް ހަރަކާތްތެރިވެވަޑައިގަތް ބޭފުޅުންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެ ބޭފުޅުންނަކީ އެމްޑީޕީއާއެކު މަސައްކަތްކުރައްވަން އާ މޫނުތަކެއް ނޫންކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެއީ އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކާ އެއް އަމާޒެއްގައި އެއް މަގުސަދެއްގައި މަސައްކަތްކުރައްވާ ފަރާތްތަކެއް ކަަމަށް ރައީސް ވިދާޅުވިއެވެ. އެ އަމާޒަކީ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ޖޭޕީއަކީ މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރެކެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޖޭޕީން ވަނީ ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމާފައެވެ. ނަމަވެސް ޖޭޕީގެ ގިނަ މީހުން ތާއީދުކުރަމުން ދަނީ ރައީސް ސާލިހަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް