ކ. މާލެ
|
24 ސެޕްޓެންބަރ 2023 | އާދީއްތަ 05:26
ހޮނިހިރު ދުވަހުގެ ރޭގެ ޖަލްސާގައި ރައީސް ޞާލިހު ވާހަކަދައްކަވަނީ
ހޮނިހިރު ދުވަހުގެ ރޭގެ ޖަލްސާގައި ރައީސް ޞާލިހު ވާހަކަދައްކަވަނީ
މުސާރަ އަށް ގެންނަ ބަދަލުތައް
އޭވިއޭޝަން ދާއިރާގެ މުސާރަ ރިވިއުކުރަން މަސައްކަތް ވަނީ ފަށާފައި - ރައީސް
ސަރުކާރުން ވަނީ ޕޭހާމަނައިޒޭޝަންގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ދާނެ ކަަމަށް ބުނެފަ
ތައުލީމީ އަދި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތަކަށް ބަދަލު ގެނެސްފައިވޭ
އެމަނިކުފާނު ވިދާޅުވީ އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މީހުންނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށް

އޭވިއޭޝަން ދާއިރާގެ މުސާރަ ރިވިއުކުރަން މަސައްކަތް ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ސޯސަން ޖަގަހައިގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މީހުންނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށެވެ. އެގޮތުން ޕައިލެޓުންނާއި ކްރޫއިން ފަދަ އެތައް ބައެއް އެ ދާއިރާގައި މަސައްކަތްކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ޞާލިހު ވިދާޅުވީ ލަސްތަކެއް ނުވެ އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ޕައިލެޓުންނާއި އިންޖިނިއަރުންނާއި، އެއަރ ކްރޫއިން އަދި އެ ދާއިރާގެ އެހެނިހެން މަސައްކަތްތެރިންގެ މުސާރައަށް ކުރިއެރުން ގެނެވޭނެ ކަމަށެވެ. އެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

Advertisement

މި ސަރުކާރުން ދަނީ ޕޭ ހާމަނައިޒޭޝަން ނުވަތަ މުސާރަތައް އެ ހަމަކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ސޯޝަލް ސެކްޓަރ، ތައުލީމީ އަދި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަތަކަށް ބަދަލު ގެނެސްފައިވެއެވެ. ސަރުކާރުން ވަނީ ޕޭހާމަނައިޒޭޝަންގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ދާނެ ކަަމަށް ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް