Advertisement
ކ. މާލެ
|
20 ޖުލައި 2017 | ބުރާސްފަތި 13:31
އޭޖީ މުހައްމަދު އަނިލް
އޭޖީ މުހައްމަދު އަނިލް
ގޫގުލް
މުހައްމަދު އަނިލް
އަނިލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފި
24 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ހުށަހެޅީ
މަސީހުގެ މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފައި
އަނިލްްއަަށް ވަނީ އިދިކޮޅު ފަރާތްތަކުން ފާޑު ކިޔުންތައް އަމާޒުވެފައި

އެޓާނީޖެނެރަލް މުހައްމަދު އަނިލްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވައްދައިފިއެވެ.

 

އަނިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލިހަށް ވެއްދީ 24 މެމްބަރެއްގެ ސޮޔާ އެކު އެވެ.

 

މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފި ނަމަ، މަޖިލިހުގައި ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެ ވަޒީރަކަށް އެކަން އަންގަންޖެހެ އެވެ. އަދި އެ ބަހުސްގައި އަނގަ ބަހުންނާއި ލިޔުމުން ދިފާއުވުމުގެ ހައްގު އެ ވަޒީރަކަށް ލިބިވަޑައިގަންނަވަ އެވެ.

 

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްވާނީ، ގަވައިދުގައިވާ ގޮތުން ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތު ލިބުމުންނެވެ. އެއީ 43 މެމްބަރުންނެވެ.

 

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިޚާބުވި އިރު ހުންނެވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސާލާގައި އަނިލްއަށް ބޮޑެތި ފާޑު ކިޔުންތައް އަމާޒުވެގެން ގޮސްފައިވެއެވެ.

 

މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލިހަށް ހުށަހެޅެނީ 42 މެމްބަރުންގެ ސޮޔާއެކު އެވެ.

 

މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް ވަކިކުރުމަށް ވެސް އިދިކޮޅު ފަރާތްތަކުން މަޖިލިހަށް ހުށަހެޅި ނަމަވެސް، މިމައްސަލަ ބުރާސްފަތި ދުވަހު ވަނީ މަޖިލީހުން ބާތިލްކޮށްފައެވެ.

 

މިމައްސަލަ މަޖިލިހުން ބޭރުކުރުމަށްފަހު މަޖިލީހުން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ އޭގައި ސޮއިކުރެއްވި އެއް މެމްބަރަކު ނަން އަނބުރާ ގެންދެވުމާއި ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލި، މަޖިލިހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ޖެހޭ އަދަދަށް ވުރެ މެމްބަރުންގެ އަދަދު ދަށްވުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
20 ޖުލައި 2017 | ބުރާސްފަތި 17:50
42
އަލްޙަމްދުލިﷲ! ފިތުނަވެރިންގެ ފާސިދު ޢަމަލުތައް އެކަލާންގެ ގެއްލުމެއްގެ ތެރޭގައި ލައްވައިފި!؟
20 ޖުލައި 2017 | ބުރާސްފަތި 17:50
42
އަލްޙަމްދުލިﷲ! ފިތުނަވެރިންގެ ފާސިދު ޢަމަލުތައް އެކަލާންގެ ގެއްލުމެއްގެ ތެރޭގައި ލައްވައިފި!؟
20 ޖުލައި 2017 | ބުރާސްފަތި 17:48
ހ މ ޒ
ކޮބާ ހަކުޅި ކުރިޔަށް ކުޅެނީ ކާކުބާ؟42