ކ. މާލެ
|
22 ސެޕްޓެންބަރ 2023 | ހުކުރު 18:45
ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން
ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން
ރައީސް ޞާލިހުގެ ވެރިކަން
ރައީސް ޞާލިހަކީ މީގެ ކުރިން ދިވެހި ދައުލަތް ނުދެކޭ ފަދަ އަމާނާތްތެރި ވެރިއެއް - ސައުދު
ދިވެހި ދައުލަތް އިތުރު ވެރިއަކަށް މި ވަގުތު ބޭނުން ނުވާ ކަމަށް ސައުދު ވިދާޅުވި
ސިއްހީ ދާއިރާ ކުރިއެރުވުމުގައި އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރީ ރައީސް ކަަމަށް ސައުދު ވިދާޅުވިއެވެ.
ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރާ ބަޔަކަށް ދިވެހިން ހެދީވެސް އެމަނިކުފާނު ކަމަށް ސައުދު ވަނީ ވިދާޅުވެފަ

ރައީސް ޞާލިހަކީ މީގެ ކުރިން ދިވެހި ދައުލަތް ނުދެކޭ ފަދަ އަމާނާތްތެރި ވެރިއެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.

ސައުދު މިފަދައިން ވިދާޅުވީ އުފާވެރި އަމާން ރާއްޖެ ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މިވެރިކަމުގެ ތެރޭގައި އިންސާނީ ހައްގުތައް ކަށަވަރުކޮށް ޖިންސީ ހަމަހަމަކަން ހޯދައިދީފައިވާ ކަމަށް ސައުދު ވިދާޅުވިއެވެ. ސިޔާސީ "ޖިންނި" ތައް ޖުޑީޝަރީން އެކަހެރިކުރީ ވެސް މި ސަރުކާރުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަގީގީ މާނައިގައި އަންހެނުން ބާރުވެރި ކުރުވީ ވެސް މި ސަރުކާރުން ކަމަށް އޭނާ ވިދާޅުވިއެވެ. ހަމަހަމަ ފުރުސަތުތައް ހުރިހާ ދާއިރާއަކުން ވެސް މި ސަރުކާރުގެ ވެރިކަމުގެ ތެރޭގައި ހޯދާދީފައިވާ ކަަމަށް ސައުދު ވަނީ ވިދާޅުވެފައެވެ. އިތުރަށް ސައުދު ވިދާޅުވީ ރައްޔިތުންގެ އިތުބާރު ދައުލަތުގެ މުއައްސަސާތަކާއި މެދު އަލުން ޤާއިމްކޮށްދެއްވީ ރައީސް ޞާލިހު ކަމަށެވެ. އަދި އަނދަވަޅެއްގެ ތެރޭގައި އޮތް ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރަން މަސައްކަތް ކުރާ ބަޔަކަށް ދިވެހިން ހެދީވެސް އެމަނިކުފާނު ކަމަށް ސައުދު ވަނީ ވިދާޅުވެފައެވެ.

ގައުމުގެ އެންމެ ކާމިޔާބު ލީޑަރަކީ ރައީސް ޞާލިހު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ރައްޔިތުން ބޭނުންވާ ފަދަ ޚިދުމަތްތައް ރައްޔިތުންނަށް ހޯދާ ދެއްވީ ވެސް ރައީސް ކަމަށާއި އިންޓަރނޭޝަނަލް ބަނދަރުތަކާއި ސިއްހީ ދާއިރާ ކުރިއެރުވުމުގައި އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރީ ރައީސް ކަަމަށް ސައުދު ވިދާޅުވިއެވެ. އެހެންކަމުން ދިވެހި ދައުލަތް އިތުރު ވެރިއަކަށް މި ވަގުތު ބޭނުން ނުވާ ކަމަށް ސައުދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް