Advertisement
ކ. މާލެ
|
18 ސެޕްޓެންބަރ 2023 | ހޯމަ 13:32
ގއ. ހުރެންދޫ، އެ އަތޮޅު ކޮލަމާފުށި ކައުންސިލާއި ހަވާލުކުރީ އިއްޔެ
ގއ. ހުރެންދޫ، އެ އަތޮޅު ކޮލަމާފުށި ކައުންސިލާއި ހަވާލުކުރީ އިއްޔެ
ގއ. ހުރެންދޫ
ގއ. ހުރެންދޫ ކޮލަމާފުށި ކައުންސިލާ ހަވާލުކޮށްފި
ހުރެންދޫ ކޮލަމާފުށި ކައުންސިލާ ހަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ނިންމެވުމުގެ މަތީން
ހުރެންދޫ މީގެ ކުރިން އޮތީ ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި

ގއ. ހުރެންދޫ، އެ އަތޮޅު ކޮލަމާފުށި ކައުންސިލާއި ހަވާލުކޮށްފިއެވެ.

ގއ. ހުރެންދޫ ކޮލަމާފުށީ ކައުންސިލާއި ހަވާލުކޮށްފައި ވަނީ "ދިވެހިރާއްޖޭގެ ފަޅުރަށްތަކާ ބެހޭ ގާނޫނު" ގެ ދަށުން އެކުލަވާލާފައިވާ މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތަކަށް ފިޔަވައި އެނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާއި ބެހޭ ގަވާއިދުގެ ދަށުންނެވެ. އެ ރަށް ކޮލަމާފުށީ ކައުންސިލައި ހަވާލުކޮށްފައި ވަނީ 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

Advertisement

އެ ރަށް ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ. ކޮލަމާފުށި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ނާއިބު ރައީސް ޝަހާމަތު ހަނީފެވެ.

ހުރެންދޫ ކޮލަމާފުށި ކައުންސިލާ ހަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ނިންމެވުމުގެ މަތީންނެވެ. ހުރެންދޫ މީގެ ކުރިން އޮތީ ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް