ކ. މާލެ
|
18 ސެޕްޓެންބަރ 2023 | ހޯމަ 13:22
ގެއްލިގެން ހޯދަމުންދާ ޢަލީ ރިޝާން
ގެއްލިގެން ހޯދަމުންދާ ޢަލީ ރިޝާން
ޕޮލިސް
ޒުވާނަކު ގެއްލިގެން ހޯދަނީ
މާލެއިން ގެއްލިގެން ހޯދަމުންދާ 21 އަހަރުގެ ޒުވާނާ އަދިވެސް ނުފެނޭ: ފުލުހުން
ގެއްލިގެން ހޯދަމުންދަނީ މާލޭގައި ދިރިއުޅެމުންދާ އއ.މާޅޮސް/ހުސްނޫވިލާ، 21 އަހަރުގެ ޢަލީ ރިޝާން
ރިޝާން އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހު ރިޕޯޓުކޮށްފައިވޭ

މާލެއިން ގެއްލިގެން ހޯދަމުންދާ 21 އަހަރުގެ ޒުވާނާ އަދިވެސް ނުފެންނަ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ މާލޭގައި ދިރިއުޅެމުންދާ އއ.މާޅޮސް/ހުސްނޫވިލާ، 21 އަހަރުގެ ޢަލީ ރިޝާން ކަމަށެވެ.

ފުލުހުން ބުނީ ރިޝާން އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ސެޕްޓެމްބަރ މަހުގެ 15 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

އޭނާގެ ޚަބަރެއް އެންމެ ފަހުން އާއިލާއަށް ލިބިފައިވަނީ މީގެ 2 ހަފްތާއެއްވަރު ކުރިންކަމަށް ފުލުހުން ބުނެއެވެ.

މިޒުވާނާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ހޮޓްލައިން 3322111ށް ނުވަތަ ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792187ށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް