ކ. މާލެ
|
17 ސެޕްޓެންބަރ 2023 | އާދީއްތަ 20:59
ފަޒްނާ "ދޮރުން ދޮރަށް" ހިޔާ ފްލެޓްތަކަށް ވަޑައިގަތުމުން ހަމަނުޖެހުން ހިންގަން މަސައްކަތްކުރި
ފަޒްނާ "ދޮރުން ދޮރަށް" ހިޔާ ފްލެޓްތަކަށް ވަޑައިގަތުމުން ހަމަނުޖެހުން ހިންގަން މަސައްކަތްކުރި
ފަޒްނާ "ދޮރުން ދޮރަށް" ހިޔާ ފްލެޓްތަކަށް
ފަޒްނާ "ދޮރުން ދޮރަށް" ހިޔާ ފްލެޓްތަކަށް ވަޑައިގަތުން - އަމުރަށް ނުކިޔަމަންތެރިވެގެން ހައްޔަރުކުރި މީހާ ދޫކޮށްލައިފި
ފުލުހުން ބުނީ ހުޅުމާލެ ފޭސް 2ގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވި މީހަކު ހައްޔަރުކުރި ކަމަށް
އެ ސަރަހައްދަށް ފަޒްނާ ވަޑައިގަތުމުން އިމާރާތެއްގައި ހުރި މީހަކު ވަނީ ފެންކޮތަޅެއް ކަހަލަ އެއްޗެއްވެސް އުކާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، އާދިއްތަ ދުވަހު ހިޔާ ޓަވަރުތަކުގައި "ދޮރުން ދޮރަށް" ހަރަކާތް ހިންގަވަމުން ދަނިކޮށް، އެ ސަރަހައްދުގައި އަމަން ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި މީހަކު ހައްޔަރުކުރުމަށްފަހު ދޫކޮށްލައިފިއެވެ.

ފުލުހުން މިފަދައިން ބުނީ، ފަޒްނާއަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކުރިތޯ "ރާއްޖެ އެމްވީ"ން ސުވާލުކުރުމާ ގުޅިގެންނެވެ. ފުލުހުން ބުނީ ހުޅުމާލެ ފޭސް 2ގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވި މީހަކު ހައްޔަރުކުރި ކަމަށެވެ. އެހެންނަމަވެސް އޭނާ މިހާރު ދޫކޮށްލާފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ސަރަހައްދަށް ފަޒްނާ ވަޑައިގަތުމުން އިމާރާތެއްގައި ހުރި މީހަކު ވަނީ ފެންކޮތަޅެއް ކަހަލަ އެއްޗެއްވެސް އުކާފައެވެ. މި ހާދިސާ ހިނގީ ހިޔާ ފްލެޓް 12 ވަނަ ޓަވަރުގައެވެ.

Advertisement

މީސްމީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފަޒްނާ "ދޮރުން ދޮރަށް" ހަރަކާތުގައި އުޅުއްވަނިކޮށް އެކަމަށް ހުރަސް އަޅަން މަސައްކަތްކޮށް، އެކަމަނާއަށް ނިސްބަތްކޮށް ހަޑި ހުތުރު ބަހުން މުއާމަލާތުކޮށް، ފުރައްސާރަކޮށްފައި ވެއެވެ.

"ދޮރުން ދޮރަށް" ކެމްޕެއިންގައި ހުޅުމާލޭގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާގެ މެންބަރު އަލީ ނިޔާޒުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް