ކ. މާލެ
|
17 ސެޕްޓެންބަރ 2023 | އާދީއްތަ 14:53
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓު ގުނުމުގެ ތެރެއިން
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓު ގުނުމުގެ ތެރެއިން
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2023
ނުފޫޒު ފޯރުވާކަމަށް އަޑުފަތުރަނީ ބަލިވާނެކަން ޔަޤީންވާތީ، އިންތިޚާބު ގަޑުބަޑު ކުރަން: އެމްޑީޕީ
އެފަދަ އެއްވެސް ކަމެއް އެމްޑީޕީގެ ކެމްޕޭނުގެ ފަރާތުން ނުކުރާނެ
އިތުރު ޖޯޝާއި ފޯރީގައި ރީ ރެޖިސްޓްރޭޝަން މަސައްކަތް ކުރިއަށް ގެންދިއުމަށް ގޮވާލާފައިވޭ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ރީ ރަޖިސްޓްރޭޝަން މަސައްކަތަށް ނޭދެވޭ ނުފޫޒު ފޯރުވާކަމަށް އިދިކޮޅު ފަރާތްތަކުން އަޑުފަތުރަމުންދަނީ ރިޔާސީ އިންތިޚާބުން ބަލިވާނެކަން އެ ފަރާތްތަކަށް ޔަޤީންވާތީ، އިންތިޚާބު ގަޑުބަޑު ކުރުމުގެ ގޮތުންކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ރީ ރެޖިސްޓްރޭޝަން މަސައްކަތުގައި ވޭތުވެދިޔަ މަދު ދުވަސްތަކުގެ ތެރޭގައި މުޅި ރާއްޖޭގައި ޙަރަކާތްތެރިވި ފަރާތްތަކުން ކުރި މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ.

އެމްޑީޕީން ވަނީ އިތުރު ޖޯޝާއި ފޯރީގައި ރީ ރެޖިސްޓްރޭޝަން މަސައްކަތް ކުރިއަށް ގެންދިއުމަށް އެ ޕާޓީގެ މެމްބަރުންނަށް ގޮވާލައްވާފައެވެ.

އޭގެ އިތުރުން، އިދިކޮޅު ސިޔާސީ ފަރާތްތަކުން އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށް ތާއީދު ކުރައްވާ ރައްޔިތުން އޮޅުވާލައިގެން ދުރު ސަރަޙައްދުތަކަށް ރީ ރަޖިސްޓަރ ކުރަމުންދާކަމުގެ މައުލޫމާތު ލިބެމުންދާކަން ފާހަގަކޮށް އެމްޑީޕީން ވަނީ ވޯޓު ލާން ދާންޖެހޭ ތަން ކޮންމެ މީހަކުވެސް ދުރާލާ ކަށަވަރު ކުރުމަށް އެދިފައެވެ.

އެމްޑީޕީން އިތުރަށް ބުނީ، ކެމްޕޭނުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ ރީ ރަޖިސްޓްރޭޝަން މަސައްކަތަށް ނޭދެވޭ ނުފޫޒު ފޯރުވާކަމަށް އިދިކޮޅު ފަރާތްތަކުން އަޑުފަތުރަމުންދަނީ ރިޔާސީ އިންތިޚާބުން ބަލިވާނެކަން އެ ފަރާތްތަކަށް ޔަޤީންވާތީ، އިންތިޚާބު ގަޑުބަޑު ކުރުމުގެ ގޮތުން ކަމަށެވެ.

އެފަދަ އެއްވެސް ކަމެއް އެމްޑީޕީގެ ކެމްޕޭނުގެ ފަރާތުން ނުކުރާނެ ކަމުގެ ޔަޤީންކަންވެސް އެ ޕާޓީން ވަނީ ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް