Advertisement
ކ. މާލެ
|
17 ސެޕްޓެންބަރ 2023 | އާދީއްތަ 07:58
އެމްޑީއޭގެ ނާއިބު ލީޑަރު އަލީ މައުރޫފް ވާހަކަފުޅުދައްކަވަނީ
އެމްޑީއޭގެ ނާއިބު ލީޑަރު އަލީ މައުރޫފް ވާހަކަފުޅުދައްކަވަނީ
ރިޔާސީ އިންތިޚާބު 2023
"އެމްޑީއޭ އިން މަޑުޖެހިލީ ހާސްވެގެނެއް ނޫން، ރާޒުވާ ކުޅިބައި އަތުރާލަން ރައީސަށް ވަގުތުކޮޅެއް ދިނީ"
ރާއްޖޭގައި ސުލްހަ ގާއިމުކުރެވޭނީ އެމްޑީޕީ އަށް ކަމާމެދު ޝައްކެއް ނެތް ކަމަށް މައުރޫފް ވިދާޅުވި
އެމްޑީޕީގެ ރޫހުގައި ނުކުމެއްޖެ ނަމަ މި އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަަމަށް މައުރޫފް ވިދާޅުވި
މިހާރު އެމްޑީޕީ ފެންނަނީ އެމްޑީޕީގެ އަސްލު ގޮތުގައި ކަމަށް މައުރޫފް ވިދާޅުވި

ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް ކުރާ މަސައްކަތުގައި އެމްޑީއޭ އިން މަޑުޖެހިލީ ހާސްވެގެނެއް ނޫން ކަމަށާއި ރާޒުވާ ކުޅިބައި އަތުރާލަން ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ވަގުތުކޮޅެއް އެރުވީކަމަށް އެމްޑީއޭގެ ނާއިބު ލީޑަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ސޯސަން ޖަގަހައިގައި އާއްމުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މައުރޫފް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރު ރައީސަށް ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވޭނެ ކަމަށާއި ގެއަށް ވަދެވަޑައިގަންނަވާނީ އެމްޑީޕީގެ އަސްލަށް ރުޖޫއަވެ، ކާމިޔާބާއެކު ކަމަށެވެ. އަދި އެމްޑީޕީ އާއެކު އެމްޑީއޭ އޮތީ ގަދަކޮށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ރައީސް އަކީ ރާޒުވާ ކުޅުއްވަން މޮޅު ބޭފުޅެއްކަން ފާހަގަކުރައްވާ މައުރޫފް ވިދާޅުވީ މި އިންތިޚާބު ކާމިޔާބުކުރުމަށް މި ވަގުތު ގުޅިފައިވާ ޕާޓީތަކުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އެމްޑީޕީއަކީ އަމާން، ސުލްހަވެެރި ޕާޓީ އެއް ކަަމަށާއި ރާއްޖޭގައި ސުލްހަ ގާއިމް ކުރެވޭނީ އެ ޕާޓީ އަށް ކަމާމެދު ޝައްކެއް ނެތް ކަމަށް މައުރޫފް ވިދާޅުވިއެވެ.

Advertisement

މިހާރު އެމްޑީޕީ ފެންނަނީ އެމްޑީޕީގެ އަސްލު ގޮތުގައި ކަމަށާއި އެމްޑީޕީގެ ރޫހުގައި ނުކުމެއްޖެ ނަމަ މި އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަަމަށް ވެސް މައުރޫފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެމްޑީޕީ އަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނެސްދީ، އިންސާނީ ހައްގުތައް ހޯދައިދިން ޕާޓީ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތަނުގައި ވެސް ރާއްޖެ އުފާވެރިކަންމަތީގައި ބޭއްވޭނީ އެ ޕާޓީ އަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކޯލިޝަން ނުރޫޅޭ ކަމަށާއި ކެމްޕޭނު ވަރުގަދަކުރުމަށް އޭނާ އެދިވަޑައިގަތެވެ. ރައީސް ޞާލިހުއާއި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުއާ އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަަމަށް ވެސް މައުރޫފް ވިދާޅުވިއެވެ. އަދި އެކުގައި ކުރަމުންދާ މަސައްކަތަށް ބަދަލެއް ނާންނަ ކަމަށާއި އަޒުމް ވަރަށް ވަރުގަދަ ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް