Advertisement
ކ. މާލެ
|
17 ޖުލައި 2023 | ހޯމަ 19:21
އެމްޑީއޭގެ ނައިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފް
އެމްޑީއޭގެ ނައިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފް
ރައީސަށް މައުރޫފްގެ ތައުރީފް
ރައީސް ސާލިހު ހޮވަންވީ ބައިތުލްމާލު ދެގުނަ ކުރަން - މައުރޫފް
ކޯލިޝަނާއެކު ސަރުކާރު ދެވަނަ ދައުރަކަށް ހޮވަން ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި
މައުރޫފް ވިދާޅުވީ ރައީސް ސާލިހަކީ އިޚުލާސްތެރި ބޭފުޅެއް ކަމަށް
ދިވެހި ރައްޔިތުންގެ ލޯބި ރައީސަށް އޮތްކަން އިހުސާސްކުރެއްވުނު ކަމަށް އޭނާ ވިދާޅުވި

ބައިތުލްމާލު ދެގުނަ ކުރަން ރައީސް އިބްރާހީމް މުހައްމަދު ސާލިހު ދެ ވަނަ ދައުރަކަށް ހޮވަންޖެހޭ ކަމަށް، އެމްޑީއޭގެ ނައިބު ލީޑަރު އަދި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ވ. ފުލިދޫގައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement

އޭނާ ވިދާޅުވީ ރާއްޖޭގެ ރައީސާއެކު 3 ދުވަހުގެ ތެރޭގައި 13 ރަށަށް ދެވިފައިވާ ކަަމަށެވެ. އެ ދަތުރުތަކުން ފެނުނީ ރައީސްގެ ކިބާގައި މި ރިޔާސީ އިންތިޚާބު ދެވަނަ ބުރަކަށް ނުގޮސް ކާމިޔާބުކުރުމުގެ ބުންވަރާއި ހިތްވަރު ހުރިކަން ކަމަށް އޭނާ ވިދާޅުވިއެވެ. ދިވެހިރައްޔިތުންގެ ލޯބި ރައީސަށް އޮތްކަން އިހުސާސްކުރެއްވުނު ކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުން ރައީސްދެކެ ލޯބި ވަނީ ކުލަޔަކަށް އާބާދީއަކަށް ބެލުމެއް ނެތި، ހަމަހަމަކަމާއެކު ޚިދުމަތްތައް ފޯރުކޮށްދެއްވާތީ ކަމަށް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ ރައީސް ސާލިހަކީ އިޚުލާސްތެރި ބޭފުޅެއް ކަމަށެވެ. އަދި ކޯލިޝަނާއެކު ސަރުކާރު ދެވަނަ ދައުރަކަށް ހޮވަން ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 2018 ވަނަ އަހަރުވެސް ސިއްރު ކޯލިޝަނެއްގެ ތެރެއިން ރައީސް ސާލިހާއެކު މަސައްކަތް ކުރެއްވި ކަމަށް މައުރޫފް ވިދާޅުވިއެވެ. ކޯލިޝަނާއެކު މަސައްކަތްކުރައްވާއިރު، ކޯލިޝަން ހެދި އެހެން ރައީސުންނާ އެމަނިކުފާނާ ހުރި ތަފާތު ފެނިވަޑައިގަންނަވާ ކަމަށް މައުރޫފް ވިދާޅުވިއެވެ. ރައީސް ސާލިހަކީ ނަމޫނާ ބޭފުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސަކީ ރައްޔިތުންނަށް ވަގުތު ދެއްވާ، ތަފާތު ނުކުރައްވާ ބޭފުޅެއް ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް