ކ. މާލެ
|
16 ސެޕްޓެންބަރ 2023 | ހޮނިހިރު 11:56
ކުރިމިނަލް ކޯޓު
ކުރިމިނަލް ކޯޓު
އަވަސް
ދީނާ ދެކޮޅު އަމަލު ހިންގުން
އިސްލާމް ދީނާ ދެކޮޅު އަމަލު ހިންގާ މައްސަލައެއްގައި މީހަކު ހައްޔަރުކޮށް، ބަންދުކޮށްފި
ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައި
އޭނާ އިސްލާމް ދީނާ ދެކޮޅު އަމަލު ހިންގިކަމަކަށް އިންކާރެއްވެސް ނުކުރޭ

އިސްލާމް ދީނާ ދެކޮޅު އަމަލު ހިންގާ މައްސަލައެއްގައި މީހަކު ހައްޔަރުކޮށް، ބަންދުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ ނަދީމް އަލީ، (މޫންލައިޓް ހދ ނޮޅިވަރަންފަރު)އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އިސްލާމް ދީނާ އިދިކޮޅު އަމަލުތަކެއް ހިންގުމުގެ ކުށުގެ ތުހުމަތުގައެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. އޭނާގެ ބަންދުގެ މުއްދަތު ނިމޭނީ 30 ސެޕްޓެމްބަރު 2023ގައެވެ.

Advertisement

ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާ އިސްލާމް ދީނާ ދެކޮޅު އަމަލު ހިންގިކަމަކަށް އިންކާރެއްވެސް ނުކުރެއެވެ.

އަދި ކުށުގެ ރެކޯޑަށް ބަލާއިރު، އޭނާ އެފަދަ އަމަލުތައް މީގެ ކުރިންވެސް ހިންގާފައިވާކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ. ވުމާއެކު، އޭނާ އަނެއްކާވެސް އެފަދަ ކަމެއް ކޮށްފާނެ ކަމުގެ އިހްތިމާލު އޮތުމުން އޭނާ ބަންދުކުރީއެވެ.

ކުރިމިނަލް ކޯޓުގައި މި އަމުރު ނެރުއްވީ އެ ކޯޓުގެ އިސްގާޒީ އާދަމް މުހައްމަދެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް