Advertisement
ކ. މާލެ
|
15 ސެޕްޓެންބަރ 2023 | ހުކުރު 17:12
ނ.މާފަރު
ނ.މާފަރު
ވިޒިޓް ނޫނު
މާފަރުން ގޯތި ލިބޭ މީހުން
މާފަރުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމު ކޮށްފި
ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި
ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 26 ސެޕްޓެންބަރު ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން ފޯމު ހުށަހަޅަންޖެހޭ
މާފަރުން ދޫކުރުމަށް ނިންމާފައިވަނީ 3000 އަކަފޫޓްގެ 69 ގޯތި

ނ. މާފަރުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލުމާއި ގުޅިގެން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާއްމުކޮށްފިއެވެ.

މާފަރު ކައުންސިލުން ބުނީ ބަންޑާރަ ގޯއްޗަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކޮށް، ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަަށެވެ.

ކައުންސިލުން ބުނީ އާންމުކޮށްފައިވާ ލިސްޓާއިމެދު އެއްވެސް ޝަކުވާއެއް ވާނަމަ، ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 26 ސެޕްޓެންބަރު 2023 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން "ޝަކުވާ ހުށަހެޅުމަށް އެދޭ ފޯމް" މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި ޝަކުވާ ހުށަހަޅާނީ ރަސްމީ ގަޑީގައި އެ އިދާރާގެ ރިސެޕްޝަނަށް ނުވަތަ [email protected] އަށް މެއިލްކޮށްގެން ކަމަށެވެ.

Advertisement

މާފަރުން ދޫކުރުމަށް ނިންމާފައިވަނީ 3000 އަކަފޫޓްގެ 69 ގޯއްޗެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ޕްލޭނިންގް މިނިސްޓްރީން ފާސްކޮށް ދެއްވާފައިވާ ލޭންޑް ޔޫސް ޕުލޭން ގައި ކުރިއަށް އޮތް ފަސް އަހަރު ތެރޭ ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދު ތަކުންނެވެ.

ގޯތި ދޫކުރުމަށް ހުޅުވާލި ފުރުސަތުގައި 176 މީހުން ފޯމް ހުށަހަޅާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް