ކ. މާލެ
|
15 ސެޕްޓެންބަރ 2023 | ހުކުރު 07:15
މޯލްޑިވްސް ޕޮލިސް ސާވިސްގެ ހެޑް ކުއާޓާރ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ
މޯލްޑިވްސް ޕޮލިސް ސާވިސްގެ ހެޑް ކުއާޓާރ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ
ރާއްޖެއެމްވީ
ސަރުކާރުން ރާވައިގެން ހަމަލާދޭން އުޅޭކަމަށް ބުނުން
އިދިކޮޅު ބަދުނާމުކުރަން ސަރުކާރުން ރާވައިގެން ބޭރުގެ ފަރާތްތަކަށް ހަމަލާދޭން އުޅޭކަމަށް ބުނެ ފެތުރި ވާހަކައިގެ އަސާސެއް ނުދެއްކުނު: ފުލުހުން
މިއީ ސައްހަ އަސާސެއްގެ މައްޗަށް ބިނާކޮށް ފެތުރިމައުލޫމަތެއްކަމަށް ބުރަވެވޭފަދަ އެއްވެސް ހަރުދަނާ ސަބަބެއް ބަޔާންކޮށްފައިނުވޭ
މިމައުލޫމާތު ފެތުރިގޮތާއި ސަލާމަތީ ޚިދުމަތްތަކުގެ މައުލޫމާތާއި އިންޓެލިޖެންސްއަށް ބަލާއިރު މިއީ އެއްވެސް އަސާސެއް ނެތި ސިޔާސީ މަގްސަދެއް ހާސިލްކުރުމަށްޓަކައި ފެތުރި ވާހަކައެއް

ސަރުކާރުގެ ނުވަތަ ދައުލަތުގެ މުވައްޒަފުންނާއި ރާއްޖޭގައި އުޅޭ ބޭރު ގައުމުތަކުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހަމަލާދިނުމަށް އެއްވެސް ފަރާތަކުން ރާވައިފައިވާކަމުގެ އެއްވެސް މައުލޫމާތެއް ފުލުހުން ނުވަތަ އެނޫންވެސް ސަލާމަތީ ޚިދުމަތަކަށް ލިބިފައި ނުވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ދިވެހި ސަރުކާރުން ރާވައިގެން ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި ބައެއް ފަރާތްތަކާއި ދިވެހިރާއްޖޭގައި އުޅޭ ބިދޭސީންނަށް ހަމަލާދިނުމަށް ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި މިމައުލޫމާތު ފުލުހުންނަށްވެސް ލިބިފައިވާކަމަށް ބުނެ ސޯޝަލް މީޑިޔާއާއި އޮންލައިން ނޫހެއްގައި ޝާއިއުކޮށްފައިވާ ޚަބަރާއި ގުޅޭގޮތުން ފުލުހުން ބުނީ އެގޮތަށް މައުލޫމާތު ފެތުރި ފަރާތުން މިމައުލޫމާތު ލިބުނު ފަރާތެއް ހިއްސާކުރުމަށް އުޒުރުވެރިވެފައިވާކަމަށެވެ.

މިމައުލޫމާތު ސޯޝަލް މީޑިޔާގައި އާންމުކުރި ފަރާތުން މިއީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ފެތުރި މައުލޫމާތެއްތޯ ސާފުކުރުމަށް ސުވާލުކުރުމުން މިފަދަ މައުލޫމާތެއް ލިބިފައިވާކަމަށް ބުނުން ފިޔަވައި މިއީ ސައްހަ އަސާސެއްގެ މައްޗަށް ބިނާކޮށް ފެތުރި މައުލޫމަތެއްކަމަށް ބުރަވެވޭފަދަ އެއްވެސް ހަރުދަނާ ސަބަބެއް ބަޔާންކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ. އެހެންކަމުން މިމައުލޫމާތު ފެތުރިގޮތާއި ސަލާމަތީ ޚިދުމަތްތަކުގެ މައުލޫމާތާއި އިންޓެލިޖެންސްއަށް ބަލާއިރު މިއީ އެއްވެސް އަސާސެއް ނެތި ރައްޔިތުންގެ ތެރޭގައި ހާސްކަމާއި ބިރުވެރިކަން އުފައްދައި ސިޔާސީ މަގްސަދެއް ހާސިލްކުރުމަށްޓަކައި ފެތުރި އަސްލެއް ނެތް ވާހަކައެއް ކަމަށް ބެލެވޭކަމަށް ފުލުހުން ބުނެއެވެ.

މި ބާވަތުގެ ދޮގު ޚަބަރުތައް ފަތުރައި ރައްޔިތުންގެ ތެރޭގައި ބިރުވެރިކަމާއި ނުތަނަވަސްކަން ނުފެތުރުމަށާއި ގައުމީ މަސްލަތަހަަތަށް އުނިކަން ލިބޭ ފަދަ ކަންކަން ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

"އިދިކޮޅު ފަރާތްތަކުގެ ބޮލުގަ އަޅުވަން އެމްޑީޕީ އަދި ބިދޭސީންގެ ބަޔަކަށް ހަމަލާ ދިނުމަށް ސަރުކާރުން ރާވަނީ" މިސުރުޚީގެ ދަށުން ދިޔަރެސް އިން ވަނީ ޚަބަރު ގެނެސްދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް