Advertisement
ކ. މާލެ
|
14 ސެޕްޓެންބަރ 2023 | ބުރާސްފަތި 12:00
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގެ ތެރެއިން
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގެ ތެރެއިން
ރާއްޖެއެމްވީ
ދިވެހި ސިފައިންނާއި ފުލުހުން
ޚަބަރުދާރު، ދިވެހި ސިފައިންނާއި ފުލުހުންގެ އަގުވައްޓާނުލާތި: ސަރުކާރު
ސިޔާސީ ފިކުރުގައި ސިޔާސީ މީހުންނަށް ބަސްތައް އަމާޒު ކުރަމުން ދެވިދާނެ
ސަލާމަތީ ބާރުތަކާ ދެކޮޅަށް ސާބިތުނުހިފޭ ދޮގު ވާހަކަތައް ބައެއް ފަރާތްތަކުން ދަނީ ފަތުރަމުން
އަސްކަރިއްޔާގެ ނަން ކިލަނބު ކޮށްލުމަކީ ނުޙައްޤުން ޤައުމަށް ދެވޭ އަނިޔާއެއް

ދިވެހި ސިފައިންނާއި ފުލުހުން ހުވާކޮށްގެން ތިބެނީ ކޮންމެ ބަޔަކު ވެރިކަމުގައި ތިބި ނަމަވެސް، ޤައުމާއި ދީން ހިމާޔަތް ކުރުމަށްކަމަށް ސަރުކާރުން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދުގެ އިތުރުން، ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ނަޒީރު ވަނީ ސަލާމަތީ ބާރުތަކާއި ގުޅޭގޮތުން ސިޔާސީ އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ދޮގު ވާހަކަތަކަށް އަލިއަޅުވާލައްވާފައެވެ.

ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައި ނަޒީރު ވަނީ ސިޔާސީ ފިކުރުގައި ސިޔާސީ މީހުންނަށް ބަސްތައް އަމާޒު ކުރަމުން ދިޔަ ނަމަވެސް، ދިވެހި ސިފައިންގެ އަގު ވައްޓާ ނުލުމަށް ގޮވާލައްވާފައެވެ.

Advertisement

ނަޒީރު ވިދާޅުވީ، ދިވެހި ސިފައިން ހުވާ ކުރައްވައިގެން ތިބެނީ ކޮންމެ ބަޔަކު ވެރިކަމުގައި ތިބި ނަމަވެސް، ޤައުމާއި ދީން ހިމާޔަތް ކުރުމަށް ކަމަށެވެ. ކޮންމެ ސަރުކާރެއް އޮތް ނަމަވެސް ދިވެހި ސިފައިން އިސްކުރާނީ ޤައުމު ކަމަށާއި، ދިވެހި ރައްޔިތުންނާއި ޤައުމު ދިފާއު ކުރުމުގައި ސިފައިން ދެމިތިބޭނެ ކަމަށް ނަޒީރު ވިދާޅުވިއެވެ.

ވުމާއެކު، ސިފައިންގެ އަގުވައްޓާލުމަށް ދައްކަމުން ގެންދާ ވާހަކަތައް ނަޒީރު ވަނީ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ.

ސިޔާސީ މީހުންނަށް އަޅުގަނޑު ޚަބަރުދާރު ބުނަން، ދިވެހި ސިފައިންގެ އަގު ވައްޓާ ނުލުމަށް. އެކަން ކުރައްވަން އުޅުއްވާނެ ކަމެއް ނެތް، އަޅުގަނޑުމެން ސިޔާސީ މީހުން ސިޔާސީ ކުލައިގައި މި ތިބެނީ، އަޅުގަނޑުމެންނާ ދިމާލަށް ތިބޭފުޅުން ކިޔާނެ އެއްޗެއް ކިޔަންވީ، އެކަމަކު ދިވެހިރާއްޖެ، ދިވެހި ރައްޔިތުން ދިފާއު ކުރުމަށްޓަކައި ކޮންމެ ސަރުކާރެއް މިތާނގައި އޮތަސް އެބޭފުޅުން ހުވާ ކުރައްވައިގެން އެ ތިއްބަވަނީ އެބޭފުޅުންގެ ލެޔާއި، އެބޭފުޅުންގެ ނަފްސުން ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމާއި، މާތް ވެގެންވާ އިސްލާމް ދީން ހިމާޔަތް ކުރުމަށްޓަކައި 24 ގަޑިއިރު އެކަމުގައި އެބޭފުޅުން އެ އުޅުއްވަނީ، އެބޭފުޅުންނާ ބެހިވަޑައިނުގަންނަވާށޭ
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ނަޒީރު

މީގެ އިތުރުން، ސަލާމަތީ ބާރުތަކާ ދެކޮޅަށް ސާބިތުނުހިފޭ ދޮގު ވާހަކަތައް ބައެއް ފަރާތްތަކުން ފަތުރަމުންދަނީ ރާއްޖޭގެ ޤައުމިއްޔަތު ރޫޅާލުމަށްކަމަށްވެސް ނަޒީރު ވިދާޅުވިއެވެ.

ސިޔާސީ ބޭނުމަކަށްވެސް އެފަރާތްތަކުގެ އަބުރު ކަތިލުމާއި، ނަން ކިލަނބު ކުރުމަށް ހިންގާ ޙަރަކާތްތައް ބަލައެއް ނުގަނެވޭނެކަމަށްވެސް ނަޒީރު ވިދާޅުވިއެވެ.

އޭގެ އިތުރުން، ވެރިކަން ހޯދުމުގެ ދަހިވެތިކަމުގައިވެސް ސަލާމަތީ ބާރުތަކުގެ އަގުވައްޓާލުމަކީ ކުރެވޭ މޮޅުކަމަކަށް ނުވާނެކަން ނަޒީރު ފާހަަގަ ކުރެއްވިއެވެ. އަސްކަރިއްޔާ އެ މިންވަރަށް ކިލަނބު ކޮށްލުމަކީ ނުޙައްޤުން ޤައުމަށް ދެވޭ އަނިޔާއެއްގެ ގޮތުގައި ނަޒީރު ސިފަކުރެއްވިއެވެ.

ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދުވެސް ވަނީ ކޮންމެ ބަޔަކު ވެރިކަމުގައި ތިބި ނަމަވެސް، ދިވެހި ސިފައިންނާއި ފުލުހުންގެ އަމާޒަކަށްވާނީ ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުންކަމަށް ވިދާޅުވެފައެވެ. އެގޮތުން ސިފައިންނެކޭ އެއްގޮތަށް ފުލުހުންނާއި އަދި ފުލުހުންގެވެސް އިސް ސަފުގައި ތިއްބެވި ބޭފުޅުންގެ އަމާޒަކީ އެއީ ކަމަށް މިއުވާން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް