Advertisement
ކ. މާލެ
|
13 ސެޕްޓެންބަރ 2023 | ބުދަ 20:46
ހޯރަފުށީ އެއަރޕޯޓުގެ ޖެޓީ
ހޯރަފުށީ އެއަރޕޯޓުގެ ޖެޓީ
އެމްޓީސީސީ
ހޯރަފުށީ އެއަރޕޯޓުގެ ޖެޓީ
ހޯރަފުށީ އެއަރޕޯޓުގެ ޖެޓީ ހެދުމުގެ މަސައްކަތް ނިމިއްޖެ
މި މަޝްރޫޢުއަކީ 5.65 މިލިއަން ރުފިޔާގެ މަޝްރޫއެއް

ހއ. ހޯރަފުށީ އެއަރޕޯޓުގެ ޖެޓީ ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.

ޕްލޭނިންގ މިނިސްޓްރީން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން)އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫޢުއަކީ 5.65 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ހޯރަފުށީ އެއަރޕޯޓު ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން 18،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 44 މީޓަރުގެ އެއްގަމު ތޮށި ލުމާއި، އެލް ބްލޮކް ބޭނުންކޮށްގެން ޖެޓީއެއް ހެދުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީއިން ވަނީ ކޮށްފައެވެ.

Advertisement

މީގެ އިތުރުން 49 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހާ، ޖެޓީ ސަރަޙައްދު ޙިމާޔަތްކުރުމާއި، 51،587 ކިއުބިކް މީޓަރުގެ ޖެޓީ ސަރަހައްދުގެ ބިން ހިއްކުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް އެކުންފުނިން ވަނީ ކޮށްފައެވެ.

ޖެޓީގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމާއެކު ކައިރި ރަށްރަށުން ހޯރަފުށީ އެއަރޕޯޓަށް އަންނަ މީހުންނަށް އެއަރޕޯޓަށް އެރުމާއި ފޭބުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް