ކ. މާލެ
|
13 ސެޕްޓެންބަރ 2023 | ބުދަ 19:25
ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެމްޓީސީސީ
އެޕެރެންޓިސްޝިޕް ޕްރޮގްރާމް
އެޕެރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެމްޓީސީސީގެ 87 މުވައްޒަފުން ދަސްވެނިވެއްޖެ
އެމްޓީސީސީގެ ބަސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ސެޓްފިކެޓް 3 އިން ބަސް ހާސިލްކޮށްފައިވޭ
އަމާޒަކީ ކުންފުނީގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކީ ވެސް ތައުލީމީ ގާބިލްމީހެއް ކަމުގައި ހެދުން

މޯލްޑިވްސް ނޭޝަނަލް އެޕެރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީ (އެމްޓީސީސީ)ގެ 87 މުވައްޒަފަކު ދަސްވެނިވެއްޖެއެވެ.

ދަސްވެނިވެނިވުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ހަސަން އެވެ.

އެމްޓީސީސީން ބުނީ މި އެޕެރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެމްޓީސީސީގެ ބަސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ސެޓްފިކެޓް 3 އިން ބަސް ހާސިލްކޮށްފައިވާ ކަމަށެވެ. އެގޮތުން 87 މުވައްޒަފުން ދަސްވެނިވެފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނީ އަމާޒަކީ ކުންފުނީގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކީ ވެސް، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މިންގަނޑުތަކާއި އެއްގޮތަށް ސެޓްފިކެޓް ހާސިލްކޮށްފައިވާ ތައުލީމީ ގާބިލްމީހެއް ކަމުގައި ހެދުން ކަމަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަހުލޫފްގެ އިތުރުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މޯލްޑިވްސް ނޭޝަނަލް އެޕެރެންޓިސްޝިޕް ޕްރޮގްރާމަކީ، ޔޫތް މިނިސްޓްރީ އަދި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން މާލެ އަދި އަތޮޅުތެރެއިން ޒުވާނުންނަށް ފަހި ފުރުސަތުތައް ފޯރުކޮށްދީ ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް