ކ. މާލެ
|
9 ސެޕްޓެންބަރ 2023 | ހޮނިހިރު 14:03
ރަސްދޫގައި މައްސަލަޖެހުނު ވޯޓުފޮށި ހުރި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
ރަސްދޫގައި މައްސަލަޖެހުނު ވޯޓުފޮށި ހުރި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ
ރިޔާސީ އިންތިޚާބު 2023
ރަސްދޫގައި ދިމާވީ އޮފިޝަލުން އިގުރާރާ ޚިލާފުވުމުގެ މައްސަލައެއް - އީސީ
މައްސަލަ ދިމާވެފައިވަނީ (U02.02.2) ނަމްބަރު ވޯޓު ފޮށީގައި
އީސީން ބުނީ އިތުރު މައުލޫމާތު އެ ކޮމިޝަނުން 01:00ގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރާނެ ކަމަށް
މޮނީޓަރަކު ރާއްޖެޓީވީއަށް މައުލޫމާތުދެމުން ބުނީ، ވޯޓުލުން ހުއްޓުނީ 10:00ގެ ފަހުން

ރަސްދޫގައި ދިމާވީ އޮފިޝަލުން އިގުރާރާ ޚިލާފުވުމުގެ މައްސަލައެއް ކަމަށް, އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

އެ ރަށުގައި ވޯޓުލުން މެދުކަނޑާލާފައި ވަނީ, ވޯޓުލަމުންދިޔަ މަރުކަޒުގައި އުސޫލާ ޚިލާފުވިކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ. މައުލޫމާތު ލިބިފައިވާގޮތުން، ފުލުހުން މިހާރު އަންނަނީ އެ މަރުކަޒު ކައިރީގައި ހަރަކާތްތެރިވަމުންނެވެ.

އެ ސަރަހައްދުގައި ހަރަކާތްތެރިވާ މޮނީޓަރަކު ރާއްޖެޓީވީއަށް މައުލޫމާތުދެމުން ބުނީ، ވޯޓުލުން ހުއްޓުނީ 10:00ގެ ފަހުން ކަމަށެވެ. އަދި މިހާތަނަށް ލިބޭ މައުލޫމާތުން، ހުށަހެޅި ޝަކުވާއަކީ އޮފިޝަލުންނާ ގުޅުންހުރި ޝަކުވާއެއް ކަމަށް އެނގިފައިވާކަމަށްވެސް އޭނާ ވަނީ ބުނެފައެެވެ. މި މައްސަލަ ދިމާވެފައިވަނީ (U02.02.2) ނަމްބަރު ވޯޓު ފޮށީގައެވެ.

ހަބީބު ވިދާޅުވީ، އެ މައްސަލަ ދިމާވީ އޮފިޝަލުންތަކެއް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެފައިވާތީ، އޮފިޝަލުން ބަދަލުކުރަން އެންގުމުން ކަމަށެވެ. އަދި އެތަނުގެ ވޯޓުލުން އޭރު އަލުން ފަށާފައެެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް