Advertisement
ކ. މާލެ
|
8 ސެޕްޓެންބަރ 2023 | ހުކުރު 17:54
ރައީސު ކެމްޕޭނުގައި ސަޕޯޓަރުންނާއެކު ސެލްފީއެއް ނަންގަވަނީ
ރައީސު ކެމްޕޭނުގައި ސަޕޯޓަރުންނާއެކު ސެލްފީއެއް ނަންގަވަނީ
އެމްޑީޕީ
ރިޔާސީ ކެމްޕޭން
އަޅުގަނޑު ނެގި ސެލްފީގެ އަދަދަށްވެސް ވާދަވެރި ކެންޑިޑޭޓަށް ވޯޓު ނުލިބޭނެ - ރައީސް
ސެލްފީގެ އަދަދުން އެކަނިވެސް ބަލިވާނެ
130،000 ވޯޓް ކަށަވަރުކަމަށް ވަނީ ވިދާޅުވެފައި
ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވަޑައިގެންނެވި

އެމަނިކުފާނު ނެންގެވި ސެލްފީއަށްވުރެ ވާދަވެރި ކެންޑިޑޭޓަށް ލިބޭ ވޯޓުވެސް މަދުވާނެކަމަށް އެމްޑީޕީއާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

Advertisement

ރިޔާސީ އިންތިހާބުގެ ކެމްޕޭން ނިންމަވާލެއްވުމުގެ ގޮތުން މާލޭގެ އުސްފަސްގަނޑުގައި ބޭއްވި "އުފާވެރި ހަވީރު" އަށް ވަޑައިގެން ރައީސް ވިދާޅުވީ އެމަނިކުފާނު ކެމްޕޭނުގައި ނެގި ސެލްފީގެ އަދަދަށްވެސް އެމަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓަށް ވޯޓު ލިބިވަޑައިނުގަންނަވާނެކަމަށެވެ.

ސެލްފީގެ އަދަދުން އެކަނިވެސް ބަލިވާނެ
އެމްޑީޕީއާއި، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ރައީސް ވަނީ ކެމްޕޭނަށް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވަޑައިގަންނަވާފައެވެ. އަދި އެމަނިކުފާނުގެ މެނިފެސްޓޯ ވެސް ހާމަކުރައްވާފައެވެ.

ރައީސް ވިދާޅުވީ މިހާތަނަށް 130،000ށް ވުރެ ގިނަ ވޯޓު ކަށަވަރުކުރައްވާފައިވާ ކަމަށެވެ. އަދި މާދަމާ ލާ ވޯޓުން ބޮޑު ތަފާތަކުން ކާމިޔާބުކުރައްވާނެ ކަަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް