ކ. މާލެ
|
8 ސެޕްޓެންބަރ 2023 | ހުކުރު 15:41
ހދ. ހިރިމަރަދޫ މިސްކިތުގެ އަމަލީ މަސައްކަތް ފެށި ރަސްމިއްޔާތުގެ ތެރެއިން
ހދ. ހިރިމަރަދޫ މިސްކިތުގެ އަމަލީ މަސައްކަތް ފެށި ރަސްމިއްޔާތުގެ ތެރެއިން
އިސްލާމިކް މިނިސްޓްރީ
މިސްކިތްތައް އިމާރާތް ކުރުން
ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން 33 މިސްކިތެއްގެ މަސައްކަތް ކުރިއަށްދޭ: އިސްލާމިކް މިނިސްޓްރީ
މީގެ ތެރޭގައި އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާ 18 މިސްކިތް، އެވޯޑްކުރެވިފައިވާ 08 މިސްކިތް އަދި ޓެންޑަރ މަރުހަލާގައި 07 މިސްކިތް ހިމެނޭ
2018 އިން ފެށިގެން މިހާތަނަށް 12 މިސްކިތެއް ވަނީ އިމާރާތްކޮށް ނިމިފައި

ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން 33 މިސްކިތެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

2018-2023ށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ނަޒަރެއް ފޮތުގައި މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއި، ކޮށްފައިވާ މަސައްކަތުގެ ތަފްސީލުތައް ވަނީ ހިމަނާފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން 33 މިސްކިތެއްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. މީގެ ތެރޭގައި އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާ 18 މިސްކިތާއި އެވޯޑްކުރެވިފައިވާ 08 މިސްކިތް އަދި ޓެންޑަރ މަރުހަލާގައި 07 މިސްކިތް ހިމެނެއެވެ. މިހާރު ހިނގަމުންދާ އަދި އެވޯޑް ކުރެވިފައިވާ މަޝްރޫއުތަކަށް ޖުމްލަ 324,048,410.81 (ތިންސަތޭކަ ސައުވީސް މިލިއަން ސާޅީސްއަށްހާސް ހަތަރުސަތޭކަ ދިހަ ރުފިޔާ އަށްޑިހަ އެއްލާރި) ޚަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 500 ޖާގައިގެ ސ.މަރަދޫ މިސްކިތް، 700 މީހުން ޖާގައިގެ ޅ.ކުރެންދޫ މިސްކިތް، 700 މީހުން ޖާގައިގެ ސ.މީދޫ މިސްކިތް، 700 މީހުން ޖާގައިގެ ސ.މީދޫ މިސްކިތް، 500 މީހުން ޖާގައިގެ ފ.ނިލަންދޫ މިސްކިތް، 500 މީހުން ޖާގައިގެ ފުވައްމުލައް ދޫޑިގަން އަވަށު މިސްކިތް، 300 މީހުންގެ ޖާގައިގެ އދ.ދިގުރަށް މިސްކިތް، 300 މީހުން ޖާގައިގެ ގއ.ކޮނޑޭ މިސްކިތް، 300 މީހުން ޖާގައިގެ އއ.ހިމަންދޫ މިސްކިތް، 700 މީހުން ޖާގައިގެ ނ.މަނަދޫ މިސްކިތް، 500 މީހުން ޖާގައިގެ ހދ.ހަނިމާދޫ މިސްކިތް، 300 މީހުންގެ ޖާގައިގެ ހދ.ހިރިމަރަދޫ މިސްކިތް، 300 މީހުން ޖާގައިގެ ތ.ދިޔަމިގިލީ މިސްކިތް، 700 މީހުންގެ ޖާގައިގެ ލ.ގަން ތުނޑި އަލަށް އާބާދުވި ސަރަހައްދުގައި މިސްކިތެއް، 3000 މީހުންގެ ޖާގައިގެ ހުޅުމާލެ 5-30N މިސްކިތް، 500 މީހުންގެ ޖާގައިގެ ބ.ކެންދޫ މިސްކިތް، 300 މީހުން ޖާގައިގެ ގއ. ގެމަނަފުށި މިސްކިތް، 300 މީހުންގެ ޖާގައިގެ ހއ.މުރައިދޫ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރިއަށްދެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 300 މީހުން ޖާގައިގެ ހއ.ތުރާކުނު މިސްކިތް، 500 މީހުންގެ ޖާގައިގެ ލ.އިސްދޫ މިސްކިތް، 300 މީހުން ޖާގައިގެ ފ.ފީއަލި މިސްކިތް، 300 މީހުން ޖާގައިގެ ލ.ދަނބިދޫ މިސްކިތް، 300 މީހުންގެ ޖާގައިގެ ސ.މަރަދޫފޭދޫ މިސްކިތް، 300 މީހުން ޖާގައިގެ ތ. ކަނޑޫދޫ މިސްކިތް، 300 މީހުން ޖާގައިގެ ބ.ފުޅަދޫ މިސްކިތް، 500 މީހުން ޖާގައިގެ ރ.އަލިފުށި މިސްކިތް އިމާރާތް ކުރުމަށް އެވޯޑްކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން 500 މީހުންގެ ޖާގައިގެ ސ.ހުޅުދޫގައި މިސްކިތް، 300 މީހުންގެ ޖާގައިގެ ތ.ވަންދޫ މިސްކިތް، 250 މީހުންގެ ޖާގައިގެ ބ.ފެހެންދޫ މިސްކިތް، 300 މީހުންގެ ޖާގައިގެ ބ. ދަރަވަންދޫގައި މިސްކިތެއް 300 މީހުން ޖާގައިގެ ދ.ހުޅުދެލީގައި މިސްކިތް އަދި 700 މީހުން ޖާގައިގެ ށ.މިލަންދޫ މިސްކިތް އިމާރާތްކުރުމަށް ޑެންޑަރ ކުރެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖޭގެ އެކި ސަރަހައްދުގައި އިމާރާތްކުރާ ބިނާތަކުގެ ތެރެއިން އިސްލާމީ ރަމްޒު ދައްކުވައިދޭ ބިނާކަމުގައިވާ މިސްކިތްތައް އިމާރާތްކުރުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން 2018 އިން ފެށިގެން މިހާތަނަށް 12 މިސްކިތެއް ވަނީ ޢިމާރާތްކޮށް ނިމިފައެވެ. އަދި 2018 ފެށިގެން މިހާތަނަށް 05 މިސްކިތެއް ވަނީ އަޕްގްރޭޑް ނިމިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް