Advertisement
ކ. މާލެ
|
5 ސެޕްޓެންބަރ 2023 | އަންގާރަ 16:58
ޕްލޭނިންގ މިނިސްޓްރީން ސާސްއީއާއެކު އެއްބަސްވުމުގައި ސޮއިކުރުން
ޕްލޭނިންގ މިނިސްޓްރީން ސާސްއީއާއެކު އެއްބަސްވުމުގައި ސޮއިކުރުން
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ޕްލޭނިންގ މިނިސްޓްރީ
ތިމަރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި
ތިމަރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 280 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހާނެ
މިއީ 22.3 މިލިއަން ރުފިޔާގެ މަޝްރޫއެއް

ތ. ތިމަރަފުށީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފިއެވެ.

ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވަނީ ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި ސާސް އީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ސަވާދެވެ.

މި މަޝްރޫއުގެ ދަށުން ތިމަރަފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް 280 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހާނެއެވެ. އަދި ބީޗް ބެކްފިލްއާއި އޮފްޝޯރ ބްރޭކްވޯޓަރގެ ގޮތުގައި 260 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރ ގާއިމު ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

Advertisement

މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ސާސް އީ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 22،331،248.56 (ބާވީސް މިލިއަން ތިންލައްކަ ތިރީސް އެއް ހާސް ދުއިސައްތަ ސާޅީސް އަށް ރުފިޔާ، ފަންސާސް ހަ ލާރި) އަށެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނެފައިވާގޮތުގައި މި މަޝްރޫއާއެކު ތިމަރަފުށީ އިރުދެކުނު ފަރާތަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައާއި ރަށަށް އުދައެރުމުގެ މައްސަލައަށް ހައްލު ލިބިގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް