ކ. މާލެ
|
5 ސެޕްޓެންބަރ 2023 | އަންގާރަ 13:18
ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލައިގައި ޓެރެރިޒަމް ދައުވާ އުފުލާފައިވާ ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސް
ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލައިގައި ޓެރެރިޒަމް ދައުވާ އުފުލާފައިވާ ލ. ކަޅައިދޫ ފިނިހިޔާގެ މޫސާ އިނާސް
ރާއްޖެއެމްވީ
ފުލުހުންގެ ލޯންޗު ރޯކޮށްލުން
ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލަ: 3 ހެއްކެއްގެ ހެކިބަސް ނަގައިފި
މޫސާ އިނާސްގެ އެއްޗެއް އެތަނުގައި ނުހުންނާނެކަމަށްވެސް ބައެއް ހެކިވެރިން ބުނެފައިވޭ
ކޯޓު އަމުރެއްގެ ދަށުން އިނާސްގެ ގެ ބަލާ ފާސްކުރުއިރު، ފެނުނު ލެޕްޓޯޕެއްގެ ހާޑް ޑިސްކް ތަހުލީލު ކުރި

ލ. ގަން، ތުނޑި ބަނދަރު ސަރަހައްދުގައި އޮތް ފުލުހުންގެ ލޯންޗުގައި ރޯކޮށްލާފައިވާ މައްސަލައިގައި ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ދައުވާ އުފުލާފައިވާ މޫސާ އިނާސްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އޭނަގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއާއި، ޓެރަރިސްޓް ޖަމާޢަތަކަށް ތާޢީދު ކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ.

އޭނާއަށް ކުރާ ދައުވާތަކާއި ގުޅިގެން އެންމެ ފަހުން އަޑުއެހުމެއް ބޭއްވިފައިވަނީ 4 ޖޫން 2023 ގައެވެ.

އެ ދުވަހުގައި ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގެ ތެރެއިން އެއް ދައުވާއިން ދިފާއުވުމަށް ހުށައަޅާފައިވާ ދިފާއީ ހެއްކެއްގެ ހެކިބަސް ނަގާފައެވެ. އެއީ އޭނާގެ މައްޗަށް އުފުލާފައިވާ  ޓެރަރިސްޓް ޖަމާޢަތަކަށް ތާޢީދު ކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއާއިގުޅޭ ހެކިބަސްތަކެވެ.

އަންގާރަ ދުވަހު ވަނީ ދިފާއީ އިތުރު ހެކިންގެ ހެކިބަސްނެގުން ކުރިއަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި މޫސާ އިނާސްގެ އާއިލާ މެމްބަރުން ހިމެނެއެވެ.

ދައުލަތުން ބުނާ ގޮތުގައި ފުލުހުންގެ ލޯންޗެއް ރޯކޮށްލި މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން އިނާސްގެ ގެ ބަލާ ފާސްކުރުއިރު، ފެނުނު ލެޕްޓޯޕެއްގެ ހާޑް ޑިސްކް ތަހުލީލު ކުރިއިރު، ޓެރެރިސްޓް ޖަމާއަތްތައް ކަމަށްވާ، އިސްލާމިކް ސްޓޭޓް އާއި އަލްގައިދާ އަށް ތާއީދު ކުރާކަން ދޭހަކޮށްދޭ ލިޔުންތަކާއި ވީޑިއޯ ފެނިފައިވެއެވެ.

އެހެންނަމަވެސް ހެކިވެރިން ވަނީ އެތަކެތި ފެނިފައިވާ ތަނަކީ އެގޭގައި ތަފާތު އެކި ތަކެތި ރައްކާތެރި ކުރުމަށް ގުދަނެއްގެ ގޮތުގައިވެސް ބޭނުންކުރާ ތަނެއްކަމަށް ބުނެފައެވެ. އެތަނުގައި ދުވަސްކޮޅެއްވަންދެން ބަންގްލަދޭޝް މީހަކުވެސް އުޅުނުކަމަށް ހެކިވެރިން ބުނެއެވެ.

އަދި މޫސާ އިނާސްގެ އެއްޗެއް އެތަނުގައި ނުހުންނާނެކަމަށްވެސް ބައެއް ހެކިވެރިން ބުނެފައިވެއެވެ.

މި ގަޒިއްޔާއާ ގުޅިގެން އަދިވެސް އިތުުރު ހެއްކެއްގެ ހެކިބަސް ނެގުން ކުރިއަށް އެބައޮތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް