ކ. މާލެ
|
5 ސެޕްޓެންބަރ 2023 | އަންގާރަ 12:23
ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު
ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު
އެމްޓީސީސީ
ތުރާކުނު ބިން ހިއްކުން
ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި އެމްޓީސީސީން ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފި
މި މަޝްރޫޢުގެ އަގަކީ 152.04 މިލިއަން ރުފިޔާ
މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު އެރަށުގެ ބިމުގެ ދަތިކަން ހައްލުވެގެން ދާނެ

ހއ. ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި 2 ސެޕްޓެމްބަރު 2023 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ އަގަކީ 152.04 މިލިއަން ރުފިޔާއެވެ.

އެމްޓީސީސީން ބުނީ، ހއ. ތުރާކުނަކީ 707 މީހުންގެ އާބާދީއެއް ދިރިއުޅޭ މަސްވެރ،ި ފަތުރުވެރިކަމަށްވެސް މަޝްހޫރު ރަށެއް ކަމަށާއި، ޒަމާނުއްސުރެ ތުރާކުނުގެ ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ރަށުން ގޯތި ދޫކުރުމަށް ބޭނުންވާ ބިން ނެތުމުގެ ޝަކުވާ ކަމަށެވެ.

އަދި ރަށް ގިރުމުގެ މައްސަލަވެސް ރައްޔިތުންނަށް ތަހައްމަލު ކުރަންޖެހިފައިވާކަން އެމްޓީސީސީން ފާހަގަ ކުރެއެވެ.

އެމްޓީސީސީން ބުނީ، ހއ. ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު އެރަށުގެ ބިމުގެ ދަތިކަން ހައްލުވެގެން ދާނެ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުނ،ް 8.16 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއ،ި 1215 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި ސޭންޑް ސަރޗް ސަރވޭއެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

އަދި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސްސަމެންޓެއް ހެދުމަށްފަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް