ކ. މާލެ
|
5 ސެޕްޓެންބަރ 2023 | އަންގާރަ 07:22
ދިއްދޫ ބިން ހިއްކަން ސައިޓު މޮބިލައިޒް ކުރަނީ
ދިއްދޫ ބިން ހިއްކަން ސައިޓު މޮބިލައިޒް ކުރަނީ
އެމްޓީސީސީ
ދިއްދޫ ބިންހިއްކުން
ދިއްދޫ ބިންހިއްކުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެ
މިއީ 83.07 މިލިއަން ރުފިޔާގެ މަޝްރޫއެއް

ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީއިން ސައިޓް މޮބިލައިޒް ކޮށްފިއެވެ.

ހއ. އަތޮޅުގެ ވެރިކަން ކުރަމުން އަންނަ ދިއްދޫއަކީ ތަފާތު ގިނަ ޚިދުމަތްތަކާއެކު ކުރިއަރުވަމުން އަންނަ ރަށަކަށްވާއިރު ކައިރި ރަށްތަކުން އެ ރަށަށް ބަދަލުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިއާއެކު އެ ރަށުގައި ބިމުގެ ދަތިކަން ވަނީ ދިމާވެފައެވެ. އެހެންވެ، ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއާއެކު ބިމުގެ ދަތިތަކަށް ހައްލު ލިބި، ދިއްދޫ އިތުރަށް ތަރައްޤީ ކުރުމަށް ތަފާތު ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.

މި މަޝްރޫއުގެ ދަށުން އެ ރަށުގައި ސޭންޑް ސަރޗް ސާވޭއެއް ހެދުމަށްފަހު 26 ހެކްޓަރުގެ ބިން ހިއްކާނެއެވެ.

މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 83.07 މިލިއަން ރުފިޔާއަށް 360 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫއުގެ މަސައްކަތް ފަށާނީ އެކަމަށް ބޭނުންވާ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމަށްފަހު ކަމަށް އެމްޓީސީސީއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް