ކ. މާލެ
|
3 ސެޕްޓެންބަރ 2023 | އާދީއްތަ 13:37
ރާއްޖޭގެ ފުރަތަމަ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ހާއްސަ ހަފްލާގެ ތެރެއިން
ރާއްޖޭގެ ފުރަތަމަ ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ހާއްސަ ހަފްލާގެ ތެރެއިން
ރައީސް އޮފީސް
ފަތުރުވެރިކަމުގެ ސިނާއަތް
އެއްވެސް ދައުރެއްގައި ކޮށްދީފައިނުވާ މިންވަރަށް ފަތުރުވެރިކަމުގެ ސިނާއަތުގެ ޙައްޤުތައް ސަރުކާރުން ރައްކާތެރިކޮށްދީފި: ޓީމް
ރިސޯޓުތަކުގެ މުވައްޒަފުންގެ މުސާރައަށް އައި ހެޔޮ ބަދަލު ފާހަގަކުރެވޭ
ޓީމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޖަމިއްޔާގެ ގިނަ މެމްބަރުން އެ ކަންކަން ބަލައިގަންނަ ކަމަށް

ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ މަސައްކަތްތެރިންގެ ޙައްޤުތައް ހޯދުމަށް ވާކާލާތު ކުރާ ޖަމިއްޔާއެއްކަމަށްވާ ޓީމްގެ ތާއީދު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙަށް ދޭން ނިންމައިފިއެވެ.

އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ސާލިޙުގެ ވެރިކަމުގެ މި ދައުރަކީ މީގެ ކުރިން އެއްވެސް ދައުރެއްގައި ކޮށްދީފައިނުވާ މިންވަރަށް އެ ސިނާއަތުގެ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކޮށްދެއްވި ދައުރެއް ކަމަށެވެ.

އެގޮތުން ބަލާއިރު، މިނިމަމް ވޭޖްގެ ސިޔާސަތު ކަނޑައެޅުއްވުމާއި، އޭގެ ސަބަބުން ރިސޯޓުތަކުގެ މުވައްޒަފުންގެ މުސާރައަށް އައި ހެޔޮ ބަދަލު ފާހަގަކުރެވޭކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އަދި 10 އިންސައްތަ ސާރވިސް ޗާޖް ނެގުން ލާޒިމު ކުރުމާއި، މޮނިޓަރ ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ އިތުރުން، އުސޫލުތަކުން ބޭރުން ވަޒީފާއިން ވަކިކުރުން ހުއްޓުވުމަށް ގާނޫނު އިސްލާހުކޮށް ގަވާއިދު އެކުލަވާލައިފައިވުންވެސް ޓީމްއިން ފާހަގަކޮށްފައިވެއެވެ.

Advertisement

އަދި، މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލާއި، އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލުވެސް ޓީމްގެ މަޝްވަރާއާއެކު ބޮޑެތި އިސްލާޙުތަކެއް ގެނެސްގެން މަޖިލީހަށް ހުށައަޅާފައިވާކަން ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، ރިސޯޓު މުވައްޒަފުން އެދުނު ގޮތަށް ސްކޫލު ޗުއްޓީ ވެސް މި ސަރުކާރުން ބަދަލުކޮށްދިންކަން ޓީމްއިން ވަނީ ފާހަގަކޮށްފައެވެ.

ޓީމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ޖަމިއްޔާގެ ގިނަ މެމްބަރުން އެ ކަންކަން ބަލައިގަންނަ ކަމަށެވެ.

އަދި ކުރިއަށް މިއޮތް ދައުރުގައި ޓޫރިޒަމް ދާއިރާގެ މަސައްކަތްތެރިންނަށް ހާއްސަކޮށް މުހިންމު ސިޔާސަތުތަކެއް އެކުލަވާލައިފައިވާ ކަމަށާއި، ވުމާއެކު ކުރިއަށް މިއޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ތާއިދުކުރަން ނިންމާފައިވާކަމަށްވެސް ޓީމްއިން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް