ކ. މާލެ
|
2 ސެޕްޓެންބަރ 2023 | ހޮނިހިރު 09:33
ރާއްޖޭގެ ރަށެއްގައި ފުލުހުން ހަރަކާތްތެރިވަނީ
ރާއްޖޭގެ ރަށެއްގައި ފުލުހުން ހަރަކާތްތެރިވަނީ
ޕޮލިސް މީޑިޔާ
ދިވެހި ފުލުހުންގެ ޚިދުމަތް
އިންތިޚާބާ ގުޅޭ އޮޕަރޭޝަނުގައި ފުލުހުން ފޮނުވަނީ ވޯޓުލާ ރަށަށް: ފުލުހުން
ވޯޓު ލުމުގެ ހައްގު ގެއްލޭނެ ކަމަށް ބުނެ ދައްކަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް

އަންނަ ހަފުތާގައި ބާއްވާ ރިޔާސީ އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ "ބްލޫ ވޭވް" އޮޕަރޭޝަނުގައި ފުލުހުން ފޮނުވަނީ އެ ފުލުހަކު ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ރަށަކަށް ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ފުލުހުން މިފަދައިން ބުނީ ރިޔާސީ އިންތިޚާބާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ސެކިއުރިޓީ އޮޕަރޭޝަނުގައި، އެކި ރަށްރަށަށް ޑިޕްލޯއިކޮށްފައިވާ ފުލުހުންނަށް ވޯޓު ލުމުގެ ހައްގު ގެއްލިދާނެކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ހުކުރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ފުލުހުން ބުނީ، ސިޔާސީ ފަރާތްތަކުން ދައްކަމުން ދާ އެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަނަކީ ވަކި ވަކި ފުލުހުން ދާންޖެހޭ ތަންތަން ކުރިއާލައި ކަނޑައެޅި، އެ ތަންތަނަށްދާ ފުލުހުން ރީ ރަޖިސްޓްރީކޮށް، ފުރިހަމަ އިންތިޒާމުތަކެއްގެ ތެރެއިން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ. އެހެންވެ، ރަށްރަށަށް ދާ އެއްވެސް ފުލުހެއްގެ ވޯޓުލުމުގެ ހައްގު ގެއްލިގެން ނުދާނެ ކަމުގެ ޔަގީންކަން އެ އިދާރާއިން ދެއެވެ.

ބްލޫވޭވް އޮޕަރޭޝަން ފެށުމަށް ފުލުހުންނަށް ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތަމްރީނުތައް ދީފައެވެ. އަދި އިންތިޚާބު އަމާންކަމާއި އޮމާންކަމާއެކު ކުރިއަށްގެންދިއުމަށް ޖެނުއަރީ 1ން ފެށިގެން، އޮޕަރޭޝަނަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހޯދާފައިވާކަމަށާއި، ރަށްރަށަށް ފޮނުވަން ޖެހޭ ފުލުހުން ވެސް މިހާރު ފޮނުވާފައި ވާކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް