Advertisement
ކ. މާލެ
|
31 އޯގަސްޓް 2023 | ބުރާސްފަތި 19:37
ރައީސް ސާލިހު ކެމްޕޭނުގައި ނައިފަރުގައި ވާހަކަފުޅުދައްކަވަނީ
ރައީސް ސާލިހު ކެމްޕޭނުގައި ނައިފަރުގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ނައިފަރުގެ ތަރައްގީ
ބިން ހިއްކުމާއި 200 ހައުސިންގ ޔުނިޓާއި އިތުރު ބޮޑެތި ވައުދުފުޅުތަކެއް ނައިފަރަށް
އިތުރަށް ބިން ހިއްކުމުގެ މަސައްކަތް
ހޮސްޕިޓަލަށް އިތުރު ބަދަލު ގެނެސްދެއްވުން
ފުލެޓު ކުލީގެ އަގަށް ބަދަލު ގެންނެވުމާމެދު ވިސްނެވުން

200 ހައުސިންގ ޔުނިޓާއި އިތުރު ބޮޑެތި ވައުދުފުޅުތަކެއް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ޅ. ނައިފަރަށް ވެވަޑައިގެންފިއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭނަށް ޅ. ނައިފަރަށް ވަޑައިގެންނެވުމުން އެރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ނައިފަރަށް ވަޑައިގެން، ނައިފަރު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނު އެދިވަޑައިގަންނަވަނީ ނައިފަރުގައި ތިބި ކޯލިޝަންގެ މެންބަރުން އެކުގައި ގުޅިގެން ނުކުމެ ސެޕްޓެމްބަރު 9 ވަނަ ދުވަހު ވޯޓު އަޅައި 50 އިންސައްތަ ހުރަސްކޮށް ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބުކޮށްދެއްވުމަށެވެ.

ރައީސް ވިދާޅުވީ، ނައިފަރަކީ ބޯހިޔާވަހިކަމާއި ބިމުގެ ދަތިކަން އޮތް ރަށެއް ކަމަށެވެ. އެގޮތުން މި 5 އަހަރުގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ހޯއްދަވައިދެއްވައި 100 ހައުސިންގ ޔުނިޓް އަޅުއްވައިދެއްވާފައި ވާކަމަށާއި، ބިން ހިއްކައި ނިމުމާއެކު އިތުރު 200 ފުލެޓް އަޅުއްވައިދެއްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ 20 ހެކްޓަރުގެ އިތުރަށް ބިން އަދިވެސް ހިއްކަވާނެ ކަމަށެވެ. އަދި ބައެއް ގެތަކަށް ނަރުދަމާ އަދިވެސް ނުގުޅޭ ކަމަށާއި، އެކަންވެސް ކޮށްދެއްވާނެ ކަަމަށެވެ. މީގެ އިތުރުން، ފެނާއި ނަރުދަމާގެ މަސައްކަތް ނިންމައި، މަގުތައް ޒަމާނީ ފެންވަރަކަށް ހައްދަވައިދެއްވާނެ ކަމަށާއި، މިހާރު 2.6 ކިލޯ މީޓަރުގެ މަގު ހަދަމުންދާއިރު، ބާކީ ހަދަންޖެހޭ ހުރިހާ މަގެއް ނިންމަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

ރައީސް ވިދާޅުވީ ހޮސްޕިޓަލަށް އިތުރު އިމާރާތަކާއެކު ސައިކޭޓްރިސްޓެއްގެ ޚިދުމަތް ހޮސްޕިޓަލުން ދެއްވާނެ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕީއާއި ސްކޫލަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލާއި ސައިންސް ލެބެއް އަޅުއްވައިދެއްވާނެ ކަމަށާއި، ބަނދަރުގެ ދަތިކަން ހައްލުކޮށްދެއްވައި، ބޭރުގައި ރިވެޓްމެންޓު ޖަހައި ކުދި އުޅަނދުތައް ކައިރިކުރެވޭނެ ގޮތް ބޭރު ތޮށީގައި ހައްދަވައިދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ފުލެޓުތަކުގެ އަގުތަކާގުޅޭ ޝަކުވާތަކެއް އައިސްފައިވާ ކަމަށާއި، އެކަމާ މަޝްވަރާކުރައްވައި ފްލެޓުތަކުގެ އަގު ތިރިކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް