ކ. މާލެ
|
31 އޯގަސްޓް 2023 | ބުރާސްފަތި 15:00
ބަނގުރަލުގެ މައްސަލައެއްގައި އައްޑޫސިޓީ ފޭދޫއިން ތިން މީހުން ހައްޔަރުކުރުން
ބަނގުރަލުގެ މައްސަލައެއްގައި އައްޑޫސިޓީ ފޭދޫއިން ތިން މީހުން ހައްޔަރުކުރުން
ޕޮލިސް
ބަނގުރަލުގެ މައްސަލަތައް
ބަނގުރަލުގެ މައްސަލައެއްގައި އައްޑޫސިޓީ ފޭދޫއިން 3 މީހުން ހައްޔަރުކޮށްފި
ގަން ޕޮލިސް ސްޓޭޝަނުން މައްސަލަ ދަނީ ތަހުގީގު ކުރަމުން
މިއީ ބަނގުރާ ކައްކާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް

އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ފޭދޫގައި ހިންގި ބަނގުރަލުގެ އޮޕަރޭޝަނެއްގައި ދިވެހި ތިން ފިރިހެނުން ހައްޔަރުކޮށްފިއެވެ.

އޮގަސްޓް 30 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނަކީ ފޭދޫ ގެއެއްގެ ގޯތިތެރޭގައި ބަނގުރާ ކައްކާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.

އެ އޮޕަރޭޝަނުގައި، އެ ގޯތިތެރެ ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 5ލ ގެ ތިން ފުޅިއާއި، 7 ހަން އަދި ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން 20 އަަހަރުގެ މީހަކާއި 25 އަހަރުގެ މީހެއްގެ އިތުރުން 33 އަހަރުގެ މީހަކު ހައްޔަރުކޮށް، ގަން ޕޮލިސް ސްޓޭޝަނުން މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް