ކ. މާލެ
|
31 އޯގަސްޓް 2023 | ބުރާސްފަތި 12:56
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
އެމްޑީޕީ
މަޖިލިސް ކުރިއަށް ނުދިއުން
މަޖިލިސް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް ކޯޓުން ޙައްލެއް ހޯދަންޖެހިއްޖެނަމަ އެކަންވެސް ކުރާނަން: ރައީސް
މަޖިލިސް ޗުއްޓީއަށް ދިއުމަށް ފަހު ޖަލްސާތައް އަލުން ފެށީ އޯގަސްޓު މަހުގެ 21 ވަނަ ދުވަހު
މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް އަވަދިނެތި ކެމްޕޭނުގައި އުޅުއްވާ ދުވަސްވަރެއް

ރިޔާސީ އިންތިޚާބުގެ ވޯޓަށްފަހުވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށްނުދާނަމަ، މަޖިލިސް ކުރިއަށް ގެންދިއުމަށްޓަކައި ކޯޓަށް ހުށަހަޅައިގެން ވިޔަސް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ތ. އަދި ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަޖިލިސް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ މަޝްވަރާތައް ކުރައްވާފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ދުވަސްވަރަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް އަވަދިނެތި ކެމްޕޭނުގައި އުޅުއްވާ ދުވަސްވަރެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް، އިންތިޚާބަށްފަހުވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށްނުދާނަމަ، މަޖިލިސް ކުރިއަށް ގެންދިއުމަށްޓަކައި ކޯޓަށް ހުށަހަޅައިގެން ވިޔަސް މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މަޑުކޮށްލައިގެން މި ތިބީ މި ކެމްޕޭނު ނިމި، އިންތިހާބުގައި ވޯޓު ލާ ނިމެންދެން. އެއަށް ފަހު، އަޅުގަނޑުމެން އެކަން ކުރާނަން, ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެކަން ނުކުރެވޭކަމަށްވަންޏާ ދެން އޮންނާނީ ކޯޓުގެ ތެރެއިން ޙައްލެއް ހޯދުން، އެކަން ކުރަން ޖެހިއްޖެއްޔާ އަޅުގަނޑުމެން އެކަންވެސް ކުރާނަން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު

ޖޫން މަހުގެ 22 ވަނަ ދުވަހު މަޖިލިސް ޗުއްޓީއަށް ދިއުމަށް ފަހު ޖަލްސާތައް އަލުން ފެށީ އޯގަސްޓު މަހުގެ 21 ވަނަ ދުވަހުއެވެ. އެ ޖަލްސާގައި މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލަން އެޖެންޑާކުރިއެވެ. އޭގެ ފަހުން މިހާތަނަށް ވެސް އެޖެންޑާގައި އޮތީ އެ މައްސަލަ އެކަންޏެވެ. ނަމަވެސް އެ މައްސަލަ ކުރިއަށް ގެންދެވޭ ގޮތް ވަނީ ނުވެފައެވެ.

ހޯމަ ދުވަހާއި އަންގާރަ ދުވަހުވެސް ކޯރަމް ހަމަނުވެގެން ޖަލްސާ ކުރިއަށް ނުގެންދެއެވެ. އަންގާރަ ދުވަހު ތަޅުމުގައި ތިއްބެވީ 12 މެންބަރުންނެވެ. އޭގެ ތެރެއިން 11 މެންބަރުންނަކީ އެމްޑީޕީގެ މެންބަރުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް