ކ. މާލެ
|
31 އޯގަސްޓް 2023 | ބުރާސްފަތި 08:49
ބްރެޒިލް ޤައުމީ އަންހެން ޓީމުގެ ކޯޗަކަށް ހުރި ޕިއާ ސުންދޭގް
ބްރެޒިލް ޤައުމީ އަންހެން ޓީމުގެ ކޯޗަކަށް ހުރި ޕިއާ ސުންދޭގް
ރޮއިޓަސް
ބްރެޒިލް ޤައުމީ އަންހެން ޓީމު
ބްރެޒިލް ޤައުމީ އަންހެން ޓީމުގެ ކޯޗު އިސްތިއުފާ ދީފި
ކޯޗުކަމުން އޭނާ އިސްތިއުފާ ދިނީ، ދާދި ފަހުން ނިމުނު ފީފާ އަންހެން ވޯލްޑް ކަޕްގެ ނާކާމިޔާބީއާ ގުޅިގެން

ބްރެޒިލް ޤައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗު ޕިއާ ސުންދޭގް މަގާމުން އިސްތިއުފާ ދީފި އެވެ.

ސުންދޭގް މަގާމުން އިސްތިއުފާ ދީފައިވާކަން ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަނުން ވަނީ ބުދަ ދުވަހު ހާމަކޮށްފަ އެވެ. ކޯޗުކަމުން އޭނާ އިސްތިއުފާ ދިނީ، ދާދި ފަހުން ނިމުނު ފީފާ އަންހެން ވޯލްޑް ކަޕްގެ ނާކާމިޔާބީއާ ގުޅިގެންނެވެ. ބްރެޒިލަށް ވަނީ ގްރޫޕް ސްޓޭޖާ ހަމައިން މުބާރާތް ނިންމާލާށެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެ ޓީމު މޮޅުވީ އެންމެ މެޗަކުންނެވެ. މިއީ 1995 ވަނަ އަހަރުގެ ފަހުން، ވޯލްޑް ކަޕް އިން ބްރެޒިލް އެންމެ އަވަހަށް ކެޓި ފަހަރެވެ.

ސްވެޑެން އަށް ނިސްބަތްވާ އުމުރުން 63 އަހަރުގެ ސުންދޭގް ބްރެޒިލްގެ ކޯޗުކަމާ ހަވާލުވީ 2019 ވަނަ އަހަރު އެވެ. އޭނާގެ އިރުޝާދުގެ ދަށުން ބްރެޒިލް އިން ވަނީ 57 މެޗެއް ކުޅެފަ އެވެ. އޭގެ ތެރެއިން އެ ޓީމު ވަނީ 34 މެޗުން މޮޅުވެ، 10 މެޗުން ބަލިވެފަ އެވެ. 13 މެޗެއް ނިމުނީ އެއްވަރުވެގެންނެވެ. ސުންދޭގް ވަނީ ފީފާ އިން ހިވާ އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމު 2012 ވަނަ އަހަރު ހޯދައިފަަ އެވެ. އޭނާ ވަނީ 2010، 2011 އަދި 2013 ވަނަ އަހަރު އެވޯޑުގެ ގަދަ ތިނެއްގައި ވެސް ހިމެނިފަ އެވެ. ބްރެޒިލްގެ ކުރިން އޭނާ ވަނީ އެމެރިކާ އަދި ސްވެޑެންގެ ޤައުމީ އަންހެން ޓީމަށް ވެސް އިރުޝާދު ދީފަ އެވެ.

ބްރެޒިލްގެ ފުޓުބޯޅަ ފެޑެރޭޝަނުން ބުނީ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އައު ކޯޗެއް ހަމަޖައްސައި އެކަން އިއުލާން ކުރާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް