ކ. މާލެ
|
31 އޯގަސްޓް 2023 | ބުރާސްފަތި 08:01
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި އެމްޑީޕީގެ ތިނަދޫ ދެކުނު ދާއިރާގެ ރައީސް ޒިފްލީން ހަސަން
މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި އެމްޑީޕީގެ ތިނަދޫ ދެކުނު ދާއިރާގެ ރައީސް ޒިފްލީން ހަސަން
ރާއްޖެއެމްވީ
އުފާވެރި އަމާން ރާއްޖެ ތިނަދޫ ޖަލްސާ
ރައީސް ޞާލިހަކީ ކެތްތެރި، އޯގާތެރި، ސާބިތު ބޭފުޅެއް: ޒިފްލީން
ސިޔާސީ މަސްރަހު ކިތަންމެ ހަލަބޮލިވިޔަސް ރައީސް ޞާލިހާ މަޝްވަރާނުކުރެވޭ މީހަކު ނުހުރޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަކީ ކެތްތެރި، އޯގާތެރި އަދި ސާބިތު ވެރިއެއްކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި އެމްޑީޕީގެ ތިނަދޫ ދެކުނު ދާއިރާގެ ރައީސް ޒިފްލީން ހަސަން ވިދާޅުވެއްޖެއެވެ.

ގދ ތިނަދޫގައި ބުދަ ދުވަހުގެ ރޭ ބޭއްވި "އުފާވެރި އަމާން ރާއްޖެ" ޖަލްސާ ގައި ވާހަކަފުޅު ދައްކަވަމުން ޒިފްލީން ވަނީ ރައީސް ޞާލިހުގެ ޝަހުސިއްޔަތަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. ޒިފްލީން ވިދާޅުވީ ރައީސް ޞާލިހަކީ އެތައް އަހަރެއް ވަންދެން ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްކުރެއްވި ތަޖުރިބާކާރު ސިޔާސީ ބޭފުޅެއްކަމަށެވެ. އިސްލާހީ މަސައްކަތްތަކުގައި ރަސްމީ ސިފައެއްގައި ކުރިޔަށްދާ މަޝްވަރާތަކުގެ ވަފުދުތަކުގައި އަބަދުވެސް އެންމެ އިސް ބޭފުޅެއްގޮތުގައި ހުންނަވަނީ ރައީސް ޞާލިހުކަމަށް ޒިފްލީން ވިދާޅުވިއެވެ.

ސިޔާސީ މަސްރަހު ކިތަންމެ ހަލަބޮލިވިޔަސް ރައީސް ޞާލިހާ މަޝްވަރާނުކުރެއްވޭ މީހަކު ނުހުންނަކަމަށް ޒިފްލީން ވިދާޅުވިއެވެ.

ޒިފްލީން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ހައްގުނޫން ކިތަންމެ ވާހަކައެއް ދެއްކިޔަސް އެކަންކަމަށް ރައީސް ޞާލިހު ރައްދު ނުދެއްވާނެކަމަށެވެ.

އެމަނިކުފާނަކީ ކެތްތެރި އޯގާތެރި ސާބިތު ބޭފުޅެއް. އިދިކޮޅު ވާދަވެރިން ހައްގު ނޫން ތުހުމަތުކޮށް ހުތުރު ބަސްތަކުން މުހާތަބުކޮށް ކިތަންމެ ވަރަކަށް އެވާހަކަތައް ތަކުރާރުކުރިއަސް އެބަސްތަކަށް އެމަނިކުފާނު ރައްދެއް ނުދެއްވާ. އެއީ އެމަނިކުފާނުގެ ޝަހިިސިއްޔަތުގެ ހަރުދަނާކަން. މުސްކުޅިން ބުނޭ ފުރިފައި ހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ.
ޒިފްލީން ހަސަން / މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަދި އެމްޑީޕީގެ ތިނަދޫ ދެކުނު ދާއިރާގެ ރައީސް

ޒިފްލީން ވިދާޅުވީ ސިޔާސީ މަސްރަހުގައި ރައީސް ޞާލިހު ފަދަ ވެރިއެއް ނެތްކަމަށެވެ. އެހެންކަމުން އެނޫން ވެރިއަކު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށެވެ. ދުއްވާ އޮޑީގެ މިސްރާބު ބަދަލުކުރަންޖެހެނީ މޯހިރަށް ބަލާފައިކަމަށާއި މޯހިރަށް ބަލާލާއިރު ފެންނަނީ މުޅި ރާއްޖެ ތަރައްޤީވަމުން އަންނަތަންކަމަށް ޒިފްލީން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް