ކ. މާލެ
|
30 އޯގަސްޓް 2023 | ބުދަ 17:16
އެމްޕީއެލްގެ ސީއީއޯ، ޝާހިދު އަލީ
އެމްޕީއެލްގެ ސީއީއޯ، ޝާހިދު އަލީ
ރާއްޖެއެމްވީ
ޕޯޓް ވޯރކަރޒް ވެއިޓިންގ އޭރިއާ
ޕޯޓް ވޯރކަރޒް ވެއިޓިންގ އޭރިއާގެ ސަބަބުން ޚިދުމަތްތައް އިތުރަށް ހަރުދަނާވާނެ: ޝާހިދު
މިއީ ހުޅުމާލޭ ޓަރމިނަލުގެ ޚިދުމަތަށް ގެނެވުނު ވަރަށް މުހިންމު ބަދަލެއް
މި ސަރަހައްދަކީ ވަރަށް އެކަހެރިކޮށް އޮންނަ ސަރަހައްދެއްކަމުން، މި ޚިދުމަތާއެކު މުވައްޒަފުންނަށް ވަރަށް ބޮޑެތި ލުއިފަސޭހަތައް ލިބޭނެ

ހުޅުމާލޭ ޓަރމިނަލް އޮޕަރޭޝަންސްގެ ''ޕޯޓް ވޯރކާޒް ވެއިޓިންގ އޭރިއާ''ގެ ސަބަބުން ޚިދުމަތްތައް އިތުރަށް ހަރުދަނާވާނެ ކަމަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ހުޅުމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޕޯޓު ވޯރކަރޒް ވެއިޓިންގ އޭރިޔާ ހުޅުއްވައިދެއްވީ ސީއީއޯ ޝާހިދު އަލީއެވެ.

މި ވެއިޓިން އޭރިޔާއާ ގުޅޭގޮތުން ޝާހިދު ވިދާޅުވީ، މިއީ ހުޅުމާލޭ ޓާރމިނަލުގެ ޚިދުމަތަށް ގެނެވުނު ވަރަށް މުހިންމު ބަދަލެއްކަމުގައެވެ. މި ޚިދުމަތުގެ ސަބަބުން މުވައްޒަފުން ގިނަ ވަގުތު މަސައްކަތް ކުރުމަށްފަހު، ފިނި ތަނެއްގައި މަޑުކޮށްލުމަށްފަހު، އެނބުރި މަސައްކަތަށް ނިކުންނައިރު ފަސޭހަވެގެންދާނެކަމަށް ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވީ ވެއިޓިންގ އޭރިއާގެ މަތި، ކެފޭ އުސޫލުން ހިންގުމަށް ބިޑް އުސޫލުން ކުއްޔަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ މިސަރަހައްދަކީ ވަރަށް އެކަހެރިކޮށް އޮންނަ ސަރަހައްދެއްކަމުން މި ޚިދުމަތާއެކު މުވައްޒަފުންނަށް ވަރަށް ބޮޑެތި ލުއިފަސޭހަތައް ލިބޭނެ ކަމަށާއި، ޚިދުމަތަށްވެސް ހެޔޮ އަސަރުކުރާނެ ކަމަށެވެ.

ޕޯޓް ވޯރކަރޒް ވެއިޓިންގ އޭރިއާގައި މުވައްޒަފުންނަށް ކެރަމް ފަދަ ކުޅިވަރުތައް ކުޅެވޭނެ ގޮތަށް އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް