ކްރިކެޓް ކުޅުންތެރިންގެ ހުނަރަށް ބަލާއިރު އިންޑިޔާ އާއި ޕާކިސްތާނުގައި ހުރި ފެންވަރު ނޭޕާލްގައި ވެސް ހުރި ކަމަށް އެ ގައުމުގެ ކެޕްޓަން ރޯހިތް ޕައުޑެލް ކުމާރު ބުނެފި އެވެ.
އޭނާ މިހެން ބުނީ މާދަމާ ޕާކިސްތާނާއި ލަންކާގައި ފަށާ އޭޝިއާ ކަޕުގެ ކުރިން ވާހަކަދައްކަމުންނެވެ. މި މުބާރާތުގައި ފުރަތަމަ ފަހަރަށް ކުޅޭއިރު ނޭޕާލް އޮތީ އިންޑިޔާ އާއި ޕާކިސްތާނާއެކު އޭ ގްރޫޕުގަ އެވެ. ދުނިޔޭގެ ކްރިކެޓްގައި ވެސް ގަދަ ދެ ބާރު ކަމަށްވާ ޕާކިސްތާނާއި އިންޑިޔާއާ ދެކޮޅަށް ބޮޑު މުބާރާތެއްގައި އަކަށް ކުޅޭއިރު ރޯހިތް ބުނީ ނޭޕާލް ބަލާނީ ރަނގަޅު ވާދައެއް ކުރަން ކަމަށެވެ.
އަހަރުމެން މިމުބާރާތުގައި މި ކުޅެނީ ފުރަތަމަ ފަހަރަށް. މިއީ ވެސް ވަރަށް ބޮޑު ކާމިޔާބީއެއް އަހަރުމެންނަށް. ޕާކިސްތާނަކީ ވަރަށް ވަރުގަދަ ގައުމެއް. އަހަރުމެން ބަލާނީ އެމީހުންނާއި އިންޑިޔާއާ ދެކޮޅަށް ވެސް ރަނގަޅު ވާދައެއް ކުރަންރޯހިތު
ފެންވަރުގެ ގޮތުން ނޭޕާލް ޓީމަކީ އާދައިގެ ޓީމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އެމީހުން މުބާރާތް ކުޅެނީ އޭޝިޔާގައި ކްރިކެޓް ކުރަމުން އަންނަ ގައުމުތަކުގެ ޗެމްޕިއަނުންގެ ގޮތުގަ އެވެ. ނަމަވެސް ރޯހިތް ބުނީ ގަދަ ޓީމުތަކާ ދެކޮޅަށް މި މުބާރާތުގައި ނޭޕާލް ކުޅެން ފުރުސަތު ލިބުން ހައްގު ކަމަށެވެ.
ސަބަބަކީ އަހަރުމެންނަކީ ހުނަރާއި ބެޓިން އަދި ބޯލިން އަށް ބެލިނަމަވެސް ފެންވަރު ހުރި ޓީމެއް. އަހަރުމެން ވިއްސަކަށް އަހަރު މަސައްކަތް ކޮށްފިން މި މުބާރާތް ކުޅެން. މި ފުރުސަތަކީ އަހަރުމެން ކުރިއަރައިދާން ލިބުނު ވަރަށް ރަނގަޅު ފުރުސަތެއް. އަހަރުމެންނާއި ޕާކިސްތާނާއި އިންޑިޔާގެ ތަފާތުވަނީ ތަޖުރިބާކާގެ ގޮތުން. އެމީހުންނަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން ތިބި ޓީމެއް. އަހަރުމެން ބަލާނީ ކޮންމެ ބޯޅައަކަށްފަހު ބޯޅައެއް ކާމިޔާބުކުރަންރޯހިތު
އޭނާ ބުނީ އިމާޖިން ނޭޝަންސް ކަޕުގައި ކުޅެމުން އޭޝިޔާ ކަޕަށް ރަނގަޅަށް ތައްޔާރުވެވުނު ކަމަށެވެ.