ކ. މާލެ
|
29 އޯގަސްޓް 2023 | އަންގާރަ 19:34
ރާއްޖޭގެ ފުރަަތަމަ ޓުއަރިޒަމް ކްލައިމެޓް އެކްޝަން ޕްލޭން ލޯންޗްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖޭގެ ފުރަަތަމަ ޓުއަރިޒަމް ކްލައިމެޓް އެކްޝަން ޕްލޭން ލޯންޗްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖޭގެ ފުރަަތަމަ ޓުއަރިޒަމް ކްލައިމެޓް އެކްޝަން
"މޯލްޑިވްސް ޓޫރިޒަމް ކްލައިމެޓް އެކްޝަން ޕްލޭންގެ ސަބަބުން ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދެވޭނެ"
މީރުމާ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްލޭން އިފްތިތާހުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު
މި ޕްލޭންގައި ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުތަކަށްވެސް ފައިނޭންސްގެ ފުރުސަތުތައް ވަނީ ކަނޑައަޅާފައި
މިނިސްޓަރު ވިދާޅުވީ އެ ޕްލޭންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުމަށް މަގުފަހިވެގެން ދާނެކަމަށް

މޯލްޑިވްސް ޓޫރިޒަމް ކްލައިމެޓް އެކްޝަން ޕްލޭންގެ ސަބަބުން ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް، ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޓޫރިޒަމް ކްލައިމެޓް އެކްޝަން ޕްލޭނާާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، އެ ޕްލޭންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުމަށް މަގުފަހިވެގެން ދާނެކަމަށާއި، ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ބަދަލެއް އެ ޕްލޭންގެ ސަބަބުން ލިބޭނެކަމަށެވެ. އަދި އެފަދަ ޕްލޭނެއް އިފްތިތާހުކުރުމަކީ ލިބިވަޑައިގަންނަވާ އުފަލެއްކަމަށް ވިދާޅުވިއެވެ. މި ޕްލޭންގެ އަލީގައި މޫސުމީ ބަދަލުތަކާ ދެކޮޅަށް އީޖާދީ ހައްލުތަކެއް ހޯދުމަށް އެންމެ ކުރީގައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަށް މަސައްކަތްކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމަށް ދިމާވި ގޮންޖެހުންތަކުން އަރައިގަނެ، އެ ދާއިރާ ކުރިއަރުވަން ކުރި މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ލޯންޗްކުރި އެ ޕްލޭނަކީ، ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް ޔޫއެސް އެއިޑްގެ އެހީތެރިކަމާއެކު ލޯންޗްކުރި ޕްލޭނެކެވެ. މީރުމާ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްލޭން އިފްތިތާހުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި، އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހޫގޯ ޔޮން ބައިވެރިވެވަޑައިގަތެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ސްޓޭކްހޯލްޑަރުން ވަނީ ބައިވެރިވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް