ކ. މާލެ
|
29 އޯގަސްޓް 2023 | އަންގާރަ 12:49
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު
އެމްޑީޕީ
ރައީސް ސާލިޙު ލާމަށް
މާވަށު ބިން ހިއްކުމާއި ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ތާރު އެޅުމާއި އިތުރު ވައުދުފުޅުތަކެއް
ރައްޔިތުން ނުކުމެ ވެރިކަން ބަދަލުކުރީ އޭރު އޮތް އަނިޔާވެރިކަމާއި ބިރުވެރިކަން މާޒީގެ ތެރެއަށް ދޫކޮށްލުމަށް
މި ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ސުލްޙަމަސަލަސްކަން ޤާއިމުކޮށް، ހަމަޖެހުން ޤާއިމުކޮށްދެވިފައިވޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ލ އަތޮޅު މާވަށަށް ވަޑައިގެން، އެރަށުގައި ކޮށްދެއްވަން ވިސްނަވާފައިވާ ކަންކަމުގެ ވައުދުފުޅުތައް ރައްޔިތުންނަށް ވިދާޅުވެ ދެއްވައިފިއެވެ.

ލ. މާވަށުގައި ބޭއްވި ބަނދަރު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ،  2018 ގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވީ ބޮޑެތި ގޮންޖެހުންތަކާއެކު ކަމަށާއި، އޭރު ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ.

އެދުވަހު ރައްޔިތުން ނުކުމެ ވެރިކަން ބަދަލުކުރީ އޭރު އޮތް އަނިޔާވެރިކަމާއި ބިރުވެރިކަން މާޒީގެ ތެރެއަށް ދޫކޮށްލުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރުމަކީ މައްސަލައެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިހާރު އެމީހެއްގެ އަމިއްލަ ހިޔާލާއި، ޝުއޫރު ފާޅު ކުރުމުގެ މިނިވަންކަން ފުޅާކޮށް ލިބިދީފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، މި ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި ސުލްޙަމަސަލަސްކަން ޤާއިމުކޮށް، ހަމަޖެހުން ޤާއިމުކޮށްދެވިފައިވާ ކަމަށެވެ. އެކަން ފުލުހުންގެ ރެކޯޑުތަކުންވެސް ފެންނަން އޮތްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވަނީ އެރަށަށް ކޮށްދެއްވާނެ ކަންކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ. އޭގެ ތެރޭގައި ސިއްޙީ މަރުކަޒު އިތުރަށް ތަރައްޤީ ކުރުމާއި، ބިން ހިއްކުމާއި، އެރަށު ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ތާރު އެޅުންވެސް ހިމެނެއެވެ.

ރައީސް ވިދާޅުވީ، އިތުރަށްވެސް ބޭނުންވާ ކަންކަން ހުރިނަމަ ސަރުކާރާ އެކަންކަން ހިއްސާ ކުރުމަށް އެދިވަޑައިގަންނަވާ ކަމަށާއި، ރަށްތައް ތަރައްޤީ ކުރައްވާނީ ރައްޔިތުންގެ ލަފަޔާއި މަޝްވަރާ ހޯއްދަވައިގެން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް