ކ. މާލެ
|
29 އޯގަސްޓް 2023 | އަންގާރަ 12:02
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙުގެ ކެމްޕޭނުގެ ތަރުޖަމާނު މާރިޔާ އަޙުމަދު ދީދީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙުގެ ކެމްޕޭނުގެ ތަރުޖަމާނު މާރިޔާ އަޙުމަދު ދީދީ
ރާއްޖެއެމްވީ
ރައީސް ސާލިޙު ކެމްޕޭން
ސަރުކާރުގެ އެއްވެސް ނުފޫޒެއް ޝަރުއީ ދާއިރާގެ ކަންކަމުގެ ތެރޭގައި ނޯންނާނެ: މާރިޔާ
ޔާމީނަށް ކޮށްފައިވާ ޙުކުމަކީވެސް ސަރުކާރުގެ ނުފޫޒެއް އޮވެގެން ކޮށްފައިވާ ނުޙައްޤު ޙުކުމެއް ނޫންކަމަށް ވިދާޅުވި
މާރިޔާ ވިދާޅުވީ، މި ސަރުކާރަކީ ޤާނޫނުއަސާސީއަށް އިހުތިރާމުކުރާ ސަރުކާރެއް ކަމަށް

ސަރުކާރުގެ އެއްވެސް ނުފޫޒެއް ޝަރުއީ ދާއިރާގެ ކަންކަމުގެ ތެރޭގައި ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙުގެ ރިޔާސީ ކެމްޕޭނުގެ ތަރުޖަމާނު މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ، މި ސަރުކާރަކީ ޤާނޫނުއަސާސީއަށް އިހުތިރާމުކުރާ ސަރުކާރެއް ކަމަށާއި، ވުމާއެކު، ސަރުކާރުގެ އެއްވެސް ނުފޫޒެއް ޝަރުއީ ދާއިރާގެ ކަންކަމުގެ ތެރޭގައި ނޯންނާނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކޮށްފައިވާ ޙުކުމަކީވެސް ސަރުކާރުގެ ނުފޫޒެއް އޮވެގެން ކޮށްފައިވާ ނުޙައްޤު ޙުކުމެއް ނޫންކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ، މި ސަރުކާރުން މެންޓަލް ހެލްތުގެ ފަރުވާ ފުޅާކޮށް، ކުރިއަށް އޮތް މެނިފެސްޓޯގައިވެސް އެކަމާ ގުޅޭ މުހިއްމު ކަންތައްތަކެއް ހިމަނާފައިވާ ކަމަށެވެ.

ރޭސިންގ ޓްރެކުގެ ވާހަކައަކީވެސް އެމްޑީޕީގެ މެނިފެސްޓޯގައި މާކުރިންވެސް ހިމެނިފައިވާ ކަމެއްކަން ފާހަގަ ކުރައްވައި މާރިޔާ ވަނީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންކަން މުއިއްޒު ކޮޕީ ކުރައްވާކަމަށް ވިދާޅުވެފައެވެ.

މާރިޔާ ވިދާޅުވީ، އަންހެނުން ބާރުވެރި ކުރުވުމަކީ ރައީސް ސާލިޙުގެ މުހިއްމު އަމާޒެއް ކަމަށާއި، އެ މަސައްކަތުގެ ދަށުން ކެބިނެޓުގެ 33 އިންސައްތަވެސް އަންހެނުންނަށް ޚާއްސަ ކުރެއްވި ކަމަށެވެ.

އޭގެ އިތުރުންވެސް އަންހެނުން ބާރުވެރިކުރުވުމުގެ ސިޔާސަތުގެ ދަށުން މި ސަރުކާރުން ގިނަ ކަންތައްތަކެއް މިހާތަނަށްވެސް ކޮށްފައިވާކަން މާރިޔާ ފާހަގަ ކުރެއްވިއެވެ.

މާރިޔާ އިތުރަށް ވިދާޅުވީ، 1 ސެޕްޓެމްބަރުގައި އެމްޑީޕީގެ ބޮޑުޖަލްސާ އޮންނާނެ ކަމަށާއި، ޕާޓީގެ އެދުމަކީ ހުރިހާ ފަރާތްތަކުންވެސް ރައީސް ސާލިޙަށް ވޯޓު ދެއްވުމަށް ކަމަށެވެ.

އެ ދުވަހު ރިޔާސީ ބަހުސް އޮންނައިރު، ވަގުތު މެނޭޖް ކުރެވިދާނެ ގޮތަކާއި ގުޅޭގޮތުން ބަހުސް އިންތިޒާމު ކުރާ ފަރާތްތަކާއެކު މަޝްވަރާތައް ކުރަމުންދާކަމަށް މާރިޔާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް