ކ. މާލެ
|
28 އޯގަސްޓް 2023 | ހޯމަ 11:45
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގާދިއްފުށީގައި ވާހަކަފުޅުދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ގާދިއްފުށީގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ގާދިއްފުށީގެ ތަރައްޤީ
ގާދިއްފުށީގެ ބިން ހިއްކާ ބޯހިޔާވަހިކަމުގެ ވައުދު ރައީސް ވެވަޑައިގަންނަވައިފި
އުސްފުށި ޕިކްނިކް އައިލެކްޑަކަށް ހެދުން

ތ. ގާދިއްފުށީގެ ބިން ހިއްކާ ބޯހިޔާވަހިކަން އަންނަ ދައުރުގެ ތެރޭގައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

Advertisement

"އުފާވެރި އަމާންރާއްޖެ" ކެމްޕޭނަށް ތ. އަތޮޅަށް ވަޑައިގެން، ގާދިއްފުށީގައި ބޭއްވި "ބަނދަރު ބައްދަލުވުން" ގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ މީގެ ކުރީ ސަރުކާރުގެ ސިޔާސަތަކީ ކުދި ރަށްރަށް ބާކީކޮށްލުން ކަމަށާއި، އެ ރަށްތަކަށް އަޅާލުމަކީ އެ ސަރުކާރުގެ އެޖެންޑާގައި އޮތް ކަމެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ ގާދިއްފުއްޓަކީ ވެސް ބާކީކޮށް އަޅާނުލާ އޮތް ރަށެއް ކަމަށެވެ.

ސަބަބަކީ އާބާދީ ކުޑަވުން. ނަމަވެސް 2018 ވަނަ އަހަރު ޖަޒީރާ ރާއްޖޭގެ ތަަސައްވުރާ އެކީގައި ނުކުތީ މިހެން ހުރި ރައްތައް ހިމަނައިގެން. މި 5 އަހަރު ތެރޭގައި މިހެން ހުރި ކިތައްމެ މަސައްކަތެއް ކޮށްދީ ނިމިެއްޖެ. ގާދިއްފުށީގައި ވެސް ކަން އޮތީ އެގޮތަށް. ވަކި ކަމެއް އިސްތިސްނާ ކުރުމެއް ނެތި. ކުރިއަށް އޮތްތަނުގައި ވެސް ގާދިއްފުއްޓާގައި ކުދި ރަށްތަކަށް ކުރަންޖެހޭ ކަންކަން އެބަހުރި.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ރައީސް ވިދާޅުވީ މީގެ އަހަރެއްހާ ދުވަސްކުރިން ގާދިއްފުށީ ރައްޔިތުން ހުށަހެޅި ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދައުރުގައި ބިން އިތުރުކުރެވި ބޯހިޔާވަހިކަން ހައްލުކޮށްދެއްވާނެ ކަމަށާއި، ބިން އިތުރުކުރެވިގެންދާއިރު މޫދަށް އެރޭނެ ސަރަހައްދެއް ގާއިމްކުރައްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ރައްޔިތުން އެދޭ ގޮތަށް އުސްފުށި ފިކްނިކް އައިލެންޑަކަށް ހަމަޖައްސައިދެއްވާނެ ކަމަށެވެ. އަދި ގާދިއްފުށީގެ ހެލްތް ސެންޓަރަށް ބޭނުންވާ އެކްސްޓެންޝަން އިމާރާތް އަޅާ ހިދުމަތް އިތުރުކޮށްދެއްވާ ޒުވާނުން ބޭނުންވާ ގޮތަށް ވޮލީ ކޯޓާއި އައުޓްޑޯ ޖިމެއް އަޅައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިކަންކަން ކުރަން ދައުލަތަށް އިތުރު ފައިސާ ވަންނާނެ ގޮތް ބަލަންޖެހޭ ކަމަށެވެ. އިގްތިސާދު ޑަބަލް ކުރުމަށްޓަކައި ކުރަންޖެެހޭ އުމަރާނީ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. އޭގެ ތެރޭގައި އެއަރޕޯޓާއި ބަނދަރާއި އާރުޓީއެލްއަކީ އިތުރު ވަޒީފާ އަދި އާންމްދަނީ ލިބޭނެ ކަމެއް ކަމަށާއި، އެމަނިކުފާނު ވެވަޑައިގަންނަވާ ވައުދުފުޅުތަކަކީ އޭގެ މައްޗަށް ބިނާކޮށްގެން ވެވަޑައިގަންނަވާ ވައުދުފުޅުތަކެއް ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް