ކ. މާލެ
|
28 އޯގަސްޓް 2023 | ހޯމަ 09:39
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
މަޖިލިސް
ރައްޔިތުން މަޖިލިސް ޖަލްސާ
ކޯރަމް ހަމަނުވާތީ ހޯމަ ދުވަހުގެ ޖަލްސާ ވެސް ނިންމާލައިފި
މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ޖަލްސާ ކުރިއަށް ގެންދެވޭނީ 22 މެންބަރުން ހަމަވާނަމަ
ތަޅުމުގައި ތިއްބެވީ 12 މެންބަރުން، އޭގެ ތެރެއިން 11 މެންބަރުންނަކީ އެމްޑީޕީގެ މެންބަރުން
ހޯމަ ދުވަހުގެ ޖަލްސާގައި އެޖެންޑާ ކޮށްފައިވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މައްސަލަ

ކޯރަމް ހަމަނުވާތީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ ދެވަނަ ޖަލްސާ ނިންމާލައިފިއެވެ.

ހޯމަ ދުވަހުގެ ހެނދުނު 9:00އަށް އެޖެންޑާ ކުރި މިޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ޖަލްސާ ކުރިއަށް ގެންދެވޭނީ 22 މެންބަރުން ހަމަވާނަމަ ކަމަށެވެ. ނަމަވެސް ވަގުތު ހަމަވެގެންދިޔައިރު ވެސް ކޯރަމް ހަމަވާ މިންވަރަށް މެންބަރުން ހާޒިވެފައިނުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ތަޅުމުގައި ތިއްބެވީ 12 މެންބަރުންނެވެ. އޭގެ ތެރެއިން 11 މެންބަރުންނަކީ އެމްޑީޕީގެ މެންބަރުންނެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ޖަލްސާ ކުރިއަށް ގެންދެވީ ފަށާއިރު 22 މެންބަރުން ހާޒިރުވެ ކޯރަމް ރަނގަބީލު ޖަހާ އޭގެފަހުން އޭގެ ވަގުތު ހަމަވެ ހިނގައްޖެ. އެހެންނަމަވެސް މަޖިލީހުގެ ތަޅުމަށް ކޯރަމް ހަމަވާ މިންވަރަށް މެންބަރުން ހާޒިރުނުވެ ވާތީވެ ޖަލްސާ ނުބޭއްވި ނިމުނީ
ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ޖޫން މަހުގެ 22 ވަނަ ދުވަހު މަޖިލިސް ޗުއްޓީއަށް ދިއުމަށް ފަހު ޖަލްސާތައް އަލުން ފެށީ އޯގަސްޓު މަހުގެ 21 ވަނަ ދުވަހުއެވެ.

އެ ޖަލްސާގައި މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލަން އެޖެންޑާކުރިއެވެ.

އެހެންނަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެމްޑީޕީން ވަކިވެ ދަ ޑިމޮކްރެޓްސްއާ ގުޅުނު މެންބަރުންގެ ތެރެއިން އެކަން މަޖިލީހަށް އަންގާފައިވަނީ މަދު މެންބަރުންތަކެއް ކަމަށް ވިދާޅުވެ، އިތުރު މެންބަރުންނަށް ދަ ޑިމޮކްރެޓްސް އާއި ގުޅުނުކަން އެންގުމަށް ފުުރުސަތުދެއްވާފައެވެ. އެއާއެކު ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް އަނެއްކާވެސް ލަސްވެ މެންބަރުން އެކަމާއި ނުރުހުން ފާޅުކުރައްވަން ފެއްޓެވުމުން ޖަލްސާ ނިންމަވާލެއްވީއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި އެޖެންޑާ ކޮށްފައިވަނީވެސް މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މައްސަލައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް